ލައިފްސްޓައިލް

ދުނިޔޭގެ އެންމެ މުސްކުޅި މީހާ މަރުވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

އުމުރުން 112 އަހަރުގައި ދުނިޔޭގެ އެންމެ މުސްކުޅި މީހާ މަރުވެއްޖެއެވެ.

Ads by STELCO

ބޮބް ވެއިޓަން އަކީ ފެބްރުއަރީ މަހުގެ ފަހުން ދުނިޔޭގައި ހުރި އެންމެ މުސްކުޅި މީހާއެވެ. އޭނާ އަށް މި ލަގަބު ލިބިފައިވަނީ އޭގެ ކުރިން އެންމެ މުސްކުޅި މީހެއްގެ ގޮތުގައި ހުރި ޖަޕާނުގެ ޗިޓެތްސު ވަތަނާބޫ މަރުވުމުންނެވެ. މަރުވިއިރު ޗިޓެންސު ގެ އުމުރަކީ ވެސް 112 އެެވެ.

ބުރާސްފައތި ދުވަހު ބޮބް ވެއިޓަންގެ އާއިލާ އިން ވަނި އޭނާ މަރުވިކަން އާންމުކޮށް ބަޔާނެއް ނެރެފައެވެ. އެގޮތުން މި ބަޔާނުގައި ހާމަކޮށްފައިވާ ގޮތުގައި ބޮބް މަރުވީ އޭނާގެ ފްލެޓުގައި ނިދާފައި އޮއްވައެވެ. މަރުވިއިރު އޭނާ ދިޔައީ ކެންސަރަށް ވެސް ފަރުވާ ކުރަމުންނެވެ.

ބޮބް އުފަންވެފައިވަނީ 29 މާޗް 1908 ވަަނަ އަހަރުއެވެ.

ބޮބް ގެ އާއިލާ އިން ނެރުނު ބަޔާނުގައި ބޮބް ސިފަކޮށްދީފައިވަނީ އެންމެނާ ވެސް ގުޅޭ ވަރަށް މަޖާ މިޒާޖެއްގެ މީހެއްގެ ގޮތުގައެވެ. އަދި އޭނާ އަކީ ދިމާވާ ހުރިހާ މީހުންނަކީ ވެސް އާއިލާ މީހުން ކަމުގައި ދެކިގެން އުޅުނު މީހެއް ކަމުގައި އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!