ދުނިޔެ

ރާމާމަކުނު ދޮންކެޔޮ ކަނީ އިންސާނުން ވެސް ކާ ގޮތަށް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ދޮންކޭލަކީ ގިނަ ބަޔަކަށް ކަމުދާ މީރު މޭވާއެކެވެ.އިންސާނުންނެކޭ އެއްފަދައިން ޖަނަވާރުންނަށް ވެސް ދޮންކޭލަކީ މީރު އެއްޗެކެވެ. އެކި ޖަނަވާރުން އެކި ގޮތަށް ދޮންކެޔޮ ކެއި ނަމަވެސް ރާމާމަކުނަކީ ވެސް އިންސާނުންނެކޭ އެއްފަދައިން ދޮންކޭލުގެ ތޮށި މަށައިގެން ކާ ޖަނަވާރެކެވެ.

Ads by Sosun Fihaara

ރާމާމަކުނެއް ދޮންކޭލުގެ ތޮށި ނުމަށާ ކާ މަންޒަރެއް އެއްވެސް މީހަކަށް ފެނިފައި ވޭ ހެއްޔެވެ؟

"ޖޭ ލެތޯސާ" ނަކަމަށް ކިޔާ މީހަކު ވަނީ ޓިކްޓޮކުގައި ރާމާމަކުނެއް ދޮންކެޔޮ ކާން އިން މަންޒަރު ވީޑިއޯ ކުރުމަށް ފަހުގައި ހިއްސާ ކޮށްފައެވެ، އަދި އެ ވީޑިއޯ ހިއްސާކުރުމަށް ފަހުގައި އޭނާ ބުނެފައިވަނީ އޭނާ އެ ވީޑިއޯ ހިއްސާ ކުރުމުގެ މައިގަނޑު ބޭނުން ނޭނގުނު ކަމުގައި ވިނަމަވެސް އެ މަންޒަރަކީ ވަރަށް ހިތްހަމަ ޖެހޭ މަންޒަރެއް ކަމަށެވެ.

މި ވީޑިއޯ ޓިކްޓޮކުގައި ހިއްސާ ކުރެވުމާއެކު ކުޑަ ވަގުތު ކޮޅެއްގެ ތަރޭގައި ގިނަބައެއްގެ ސަމާލުކަން ވަނީ އެވީޑިއޯ އަށް ލިބިގެން ގޮސްފައެވެ. އަދި އެތައް ބަޔަކު ވަނީ އެ މަންޒަރަކީ ހަގީގަތުގައި ވެސް ވަރަށް ހިތްހަމަޖެހޭ މަންޒަރެއް ކަމަށް ބުނެ އެ ވިޑިއޯއަށް ކޮމެންޓު ވެސް ކޮށްފައެވެ، 3.5 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ އެ ވީޑިއޯ ބަލާފައެވެ،

ޓިކްޓޮކުގެ އިތުރުން މި ވީޑިއޯ ވަނީ ޓުވިޓާގައި ވެސް މިހާރު ދައުރުވާން ފަށައިފައެވެ، އަދި ޓުވިޓާގައި ވެސް ގިނަ ބައެއްގެ ސަމާލުކަން ވަނީ އެ ވީޑިއޯއަށް ލިބިގެން ގޮސްފައެވެ.

 

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!