ޚަބަރު

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް ވައިޓް އެލަރޓް ނެރެފި

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގެ ގިނަ ހިސާބުތަކަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށް ވައިތް އެލާޓު ނެރެފިއެވެ.

Ads by STELCO

އެގޮތުން ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް އަދި ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ މި ސަރަހައްދުތަކަށް ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށެވެ.

ބުރާސްފަތި ދުވަހުގެ ރޭ 08:00ން ހުކުރު ދުވަހު ހެނދުނު 8:00ށް މޫސުން ކުރިޔަށް ލަފާކުރާ ގޮތް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ޢާންމުކޮށްފައި ވާއިރު، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރައާއެކު ގުގުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވެސް ލަފާކޮށްފައި ވެއެވެ.

ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގައެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށް ވެސް މެތް އޮފީހުން ބުނެފައިވެއެވެ.

ބޯކޮށް ވާރޭ ވެހި، ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީވެ، ޢާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!