Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ދުނިޔެ

ކޮރޯނާ ވައިރަހަކީ ފޮނުއްވި ކޯފާއެއް: އައިސިސް

ކޮރޯނާ ވައިރަހަކީ ﷲ ފޮނުއްވެވި ކޯފާއެއް ކަމަށާއި މި ވައިރަހުގެ އަސަރު ހުޅަނގަށް އެހާ ބޮޑަށް ކޮށްފައިވާތީ އުފާކުރާ ކަމަށް ނިރުބަވެރި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންޑް ސީރިޔާ (އައިސިސް ނުވަތަ އިސްލާމިކް ސްޓޭޓް) އިން ބުނެފިއެވެ.

އައިސިސް އިން މިހެން ބުނެފައިވަނީ އެ ޖަމާއަތުން އާންމުކުރި އޯޑިއޯ އެއްގައި އެ ޖަމާއަތުގެ ތަރުޖަމާނު އަބޫ ހަމްޒާ އަލް ގުރައިޝީ އެވެ.

އެގޮތުން އޭނާ އެ އޯޑިއޯ ގައި ބުނެފައިވަނީ މިއީ ﷲ ގެ އިރާދަފުޅުން ހުޅަނގު ގެ ލީޑަރުންނާއި އެ މީހުނަށް ތަބައަ ވާ މީހުން ހަލާކުކޮށްލުމަށް ފޮނުއްވެވި ލޮލަށް ނުފެންނަ އަދަބެއް ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

އަދި މި ވައިރަހަށްޓަކައި އެމީހުން ޝުކުރުވެރިވާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

މި އޯޑިއޯ ގައި އޭނާ ވަނީ އެ ޖަމާއަތުގެ މެންބަރުން ޖެހިއްޖެ ކޮންމެ ކަމަކަށް ތައްޔާރުވެ ތިބުމަށް ވެސް ގޮވާލާފައެވެ.

އައިސިސް ޖަމާއަތަކީ ނިރުބަވެރި އަދި އެހާމެ އަނިޔާވެރި ޖަމާއަތެކެވެ.އެ ޖަމާޢަތުގެ ނުރައްކަލާއި ދުއްތުރާ ދުނިޔޭގެ އެތައް ޤައުމަކަށް ފޯރާފައި ވެއެވެ. މި ޖަމާޢަތުން ދީނުގެ ނަމުގައި ޖިހާދު ކުރުމަށް ކަމަށް ބުނެ އެތައް ބަޔަކަށް އަމިއްލައަށް މަރުވުމަށް ހިއްވަރުދީ، އަމިއްލަ ޖާނު ގޮއްވާލާ ހަމަލާތައް ދެމުން ގެންގޮސްފައިވާއިރު، މި ހަމަލާތަކުގައި ކުށެއްނެތް އެތައް ސަތޭކަ އަންހެނުންނާއި ކުޑަކުދިން ވެސް މަރާލާފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް