ޚަބަރު

ޕީޕީއެމްގެ ޖަލްސާއަށް ކާނިވާ ސަރަހައްދުގައި ހުރި ސައިކަލްތައް ނަގަނީ!

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އަންނަ ހޮނިހިރު ދުވަހު، "ވިސްނާ" ގެ ނަމުގައި ބާއްވަން ހަމަޖެހިފައިވާ ޖަލްސާ ބޭއްވުމަށް ކާނިވަލު ސަރަހައްދުގައި ހުރި ސައިކަލުތައް ފުލުހުން ނަގާނެ ކަމަށް އިދިކޮޅުން ބުނެފިއެވެ.

Ads by MWSC

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި ގޮތުގައި އިދިކޮޅު ޖަލްސާ ބޭއްވުމަށް ކާނިވަލު ސަރަހައްދުގައި ހުރި ސައިކަލުތައް ނަގާނެ ކަމުގެ ޔަގީން ކަން ފުލުހުން ދެއްވާފައިވެއެވެ.

އަދި ޖަލްސާއަށް ވަޑައިގަންނަވާ ފަރާތްތައް ސަލްމާން މިސްކިތުގެ އުތުރުން ހެދިފައިވާ ޕާކިން ޒޯނުގައި ވެހިކަލް ޕާކު ކުރުމަށާއި ތާރު މަގުގައި ޕާކު ނުކުރުމަށް އެ ކޯލިޝަނުން ވަނީ އެދިފައެވެ.

އިދިކޮޅަށް ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފައި ވަނީ މިއަދުއެވެ.

އިދިކޮޅުން ކާނިވާ ސަރަހައްދުގައި ބާއްވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު ރޭގަނޑު 8:30 ގައެވެ.

މިޖަލްސާއަކީ ލޯކަލް ކައުންސިލް އިންތިޚާބަށް ކެންޕެއިން ކުރުމުގެ ގޮތުންނާއި ޤައުމަށް ދިމާވެފައިވާ މައްސަލަތަކަށް އަޑު އުފުލުމަށް ބާއްވާ ޖަލްސާއެއް ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވަނީ މިއަދު ވިދާޅުވެފައެވެ.

"ވިސްނާ"ގެ ނަމުގައި ބާއްވަން ތައްޔާރުވަމުން އަންނަ އެ ޖަލްސާގައި ސަޕްރައިޒިން ކަންތައްތަކެއް ވެސް ފެންނާނެ ކަމަށާއި އެގޮތުން ޖަލްސާ ކުރިއަށްދާނީ ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅެއް ކަމަށްވާ ގައިދުރުކަން އިސްކޮށްގެން ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!