ދުނިޔެ

ކޮވިޑް19 ޖެހިގެން އިންޑިއާ ގައި މަރުވި މީހުންގެ އަދަދު ޗައިނާ އަށް ވުރެ ގިނަވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 ޖެހިގެން އިންޑިއާގައި މަރުވި މީހުންގެ އަދަދު ކޮވިޑް19 އެންމެ ފުރަތަމަ ފެނުނު ޗައިނާ ގައި މަރުވި މީހުންގެ އަދަދަށް ވުރެ އިތުރުވެއްޖެއެވެ.

Ads by Sosun Fihaara

އިންޑިއާ އިން މިހާތަނަށް 165,829 މީހުން ވައިރަހަށް ފައްސިވެފައިވާއިރު ، އެގައުމުން އިން މަރުވި ޖުމްލަ މީހުންގެ އަދަދަު ވަނީ 4713 އަށް އަރާފައެވެ.

ވައިރަސް އެންމެ ފުރަތަމަ ފެނުނު އަދި އެންމެ ހަލުވިކަމާއެކު ފެތުރުނު ޗައިނާ އިން މަރުވެފައިވަނީ 4,634 މީހުނެވެ. އެގައުމުން ވައިރަސް ޖެހިފައިވަނީ 82,995 މީހުނަށެވެ.

ފާއިތުވި ދުވަސްތަކުގައި އިންޑިއާ ގައި ވައިރަހުގެ ކޭސްތައް ވަނީ ރެކޯޑު އަދަދަކަށް އިތުރުވެފައެވެ. ނަމަވެސް އިންޑިއާ ސަރުކާރުން ވަނީ އިގްތިސޯދަށް ލިބުނު ބޮޑެތި ގެއްލުން ތައް ފޫބެއްދުމަށްޓަކައި ފުރަބަންދަށް ލުއިތަކެއް ދީފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!