Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ދުނިޔެ

ވަގުވިޔަފާރި ކުރާ ލީބިޔާ މީހަކު މަރާލުމުން، އެމީހާގެ އާއިލާ އިން ނިކުމެ އެގައުމަށް ހިޖުރަ ކުރި 30 މީހަކު މަރަލައިފި

ލީބިޔާގައި ވަގު ވިޔަފާރި ކުރާ މީހަކު މަރާލުމުން ، އޭނާގެ އާއިލާއިން ނިކުމެ ދިން ޙަމަލާތަކުގައި 30 މީހުން މަރުވެ އެތައް ބަޔަކު ޒަހަމް ވެއްޖެއެވެ.

ލީބިޔާގެ ސަރުކާރުން ހާމަކުރިގޮތުގައި، އެގައުމުގެ ވެރިރަށާ 150 ކިލޯމީޓަރު ދުރުގައި އޮންނަ މެޒްޑާ ކިޔާ ސަރަހައްދެއްގައި މިމީހުން މަރާލާފައިވަނީ، އުމުރުން 30 އަހަރުގެ ވަގު ވިޔަފާރިކުރާމީހަކު މަރާލީ ލީބިޔާއަށް ހިޖުރަކޮށްގެން އުޅޭ ބަޔަކު ކަމަށް ބުނެ ބަދަލު ހިފުމުގެ ގޮތުންނެވެ. މިމީހުން މަރާލި ހާދިސާގައި ގައުމު ކަށަވަރު ނުވާ 11 މީހަކު ޒަޚަމް ވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.


މި އާއިލާއިން މަރާލިމީހުންގެ ތެރޭގައި ހިމެނެނީ އެފްރިކާގެ 4 މީހަކާ ބަނގްލަދޭޝްގެ 26 މީހެކެވެ. 2011 ވަނަ އަހަރު އެގައުމުގެ ލީޑަރ މުޢައްމަރުލް ޣައްޒާފީ މަރާލުމާއެކު ހަމަޖެހުން ގެއްލިފައިވާ ލީބިޔާގެ ކަމާބެހޭ ފަރާތްތަކުން ވަނީ، މި 30 މީހުން މަރާލިމީހުން ހޯދާ އިންސާފުގެ ކުރިމައްޗަށް ހާޟިރު ކުރާނެކަމަށް ވަޢުދު ވެފައެވެ.

Advertisement
Ooredoo — Square (box)

2014 ވަނައަހަރުން ފެށިގެން އެ ގައުމުގައި ދެ ސަރުކާރު އުފެދި އެކަމުގެ ކޯޅުން ވެސް ވަނީ ބޮޑުވެފައެވެ. މިކަމުގެ ފައިދާ ނަގައިގެން އެފްރިކާ އަދި އެހެން ގައުމުތަކުން ޔޫރަޕަށް ހިޖުރަކުރަން ބޭނުންވާ މީހުންގެ މައި "ހަބަކަށް" ލީބިޔާ ވަނީ ވެފައެވެ. މިގޮތަށް ހިޖުރަ ކުރާ ގިނަ މީހުންނަކީ ފަގީރުކަމާ، އަންހެނުންނަށް ކުރާ ގޯނާއާ، އަހުލީ ހަނގުރާމައާ ސަރުކާރުގެ ފަސާދަ ބޮޑުވެގެން އާއިލާއަށް ގެއްލުން ދިނުމުގެ އިންޒާރުތައް ލިބޭތީ ހިޖުރަ ކުރާ މީހުންނެވެ. މި އެންމެން ވެސް މިހާރު ތިބީ ކޮރޯނާ ވައިރަހުގެ ބިރުވެރިކަން މަތީގައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް