ދުނިޔެ

އެމެރިކާ ފުލުހުންގެ އަނިޔާވެރިކަމުގެ ސަބަބުން މަރުވި މީހާއަށް އިންސާފު ހޯދައިދޭން ގޮވާ މީހުންގެ މުޒާހަރާ ހޫނުވެ ތަންތަނުގައި ރޯކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

ވިހި ޑޮލަރުގެ ވަގުނޫޓެއް ގެންގުޅުނު މައްސަލައިގައި މިދިޔަ ހޯމަ ދުވަހު ފުލުހުން ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ލިބުނު އަނިޔާގެ ސަބަބުން މަރުވި، އެމެރިކާގެ ކަޅުނަސްލަށް ނިޞްބަތްވާ ޖޯޖް ފްލޮއިޑްގެ މަރަށް އިންސާފު ހޯދައިދިނުމަށް އެދި އެމެރިކާގެ ބައެއް ސްޓޭޓްތަކުގެ މަގުތަކުގައި ކުރިއަށްދާ މުޒާހަރާ ތިން ވަނަ ރެއާ ހަމައަށް ދިޔައިރު ، މުޒާހަރާ ހޫނުވެ މުޒާހާރާގެ ބައިވެރިން ވަނީ ތަންތަނުގައި ހުޅުޖަހަން ފަށާފައެވެ. އެގޮތުން ރޭ 10މުޒާހަރާގެ ބައިވެރިން ވަނީ ޕޮލިސް ސްޓޭޝަން ތަކެއް ގައިވެސް ވަނީ ހުޅުޖަހާފައެވެ. ހުޅުޖަހަން ފެށުމާއެކު ފުލުހުން ވަނީ ވަގުތުން އެތަނުން މީހުން ނެރެ ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައެވެ.

Ads by Sosun Fihaara

އެމް.އެން.އެސް.ބީ.ސީގެ ރިޕޯޓަރުން ހާމަ ކުރާ ގޮތުގައި މަގުތަކަށް އެއްވެފައިވާ މީހުން ހުސްކުރުމަށް ފުލުހުން ވަނީ ނުކުޅެދިފައި ކަމަށާ، ރޯކުރާ ތަންތަނުން އަލިފާން ނިވުމަށް ވެސް ފުލުހުން ހަރަކާތްތެރިވާ މަންޒަރު ނުފެންނަ ކަމަށެވެ. މިނިއަޕޮލިސްގެ މޭޔަރު ޖެކޮބް ފްރޭ ހާމަ ކުރިގޮތުގައި މުޒާހަރާ ކުރާ ސަރަޙައްދުތަކުން މީހުން ދުރަށް ޖައްސާފައިވާ ކަމަށާ، ނަމަވެސް މިގޮތަށް ތަންނަށް ގެއްލުން ދިނުން ގަބޫލު ނުކުރެވޭނެ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މުޒާހަރާ ކޮންޓްރޯލް ކުރުމުން އެ ސަރަހައްދުގެ ފުލުހުން ނުކުޅެދިއްޖެ ނަމަ އެގައުމުގެ އަސްކަރިއްޔާގެ ބައެއް ކަމަށްވާ ނެޝަނަލް ގާޑްގެ އޮފިސަރުން މަގުތަކަށް ނެރޭނެ ކަމުގެ އިންޒާރު ދީފައެވެ. ޓްރަމްޕް މިހެން ބުނި އިރު މިހާރުވެސް އެ ސަހަރައްދުގައި ނެޝަނަލް ގާޑުގެ މީހުން ތިބި ތަން ފެންނަ ކަމަށް ނޫސް ރިޕޯޓަރުން ދަނީ ހާމަކުރަމުންނެވެ. މުޒާހަރާގެ ބައިވެރިން އަމިއްލަ މީހުންގެ އިމާރާތްތަކާއި މުދަލަށް ގެއްލުންދީ ލޫޓުވަމުންދާ ކަމުގެ ރިޕޯޓްތައް ވެސް ދަނީ ލިބެނުންނެވެ. މިކަމާ ގުޅިގެން ޓްރަމްޕް ކުރި ޓްވީޓެއްގައި ބުނެފައިވަނީ މުޒާހަރާ ކުރާ މީހުންނަކީ އަމުރަށް ނުކިޔަމަންތެރިވާ މީހުންކަމަށް ސިފަކޮށް، ލޫޓުވާނަމަ ޝޫޓްކުރަން (ބަޑިޖެހުން) ފަށާނެކަމަށެވެ ނަމަވެސް މިހާތަނަށް ދިޔައިރު އެއްވެސް މީހަކަށް ބޮޑު ޒަޚަމެއްވެގެން ރިޕޯޓްކޮށްފައެއް ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!