އިއްޔެގެ އަލިފާނުގެ ހާދިސާގައި ފިހުނު އެކަކު އައިސީޔޫގައި

ތިލަފުށި ފަޅުގައި އޮތް ދޯންޏެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެމީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިއަަސްވެ، އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.
މި ހާދިސާގައި ފިހިފައި ވަނީ ދިވެއްސެއްގެ އިތުރުން ބޭރު މީހެކެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ހައްވާ އަފީފާ އާ ހަވާލާދީ އޮންލައިން ނޫހެއް ކަމުގައިވާ “މިހާރު” ގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި އައިސީޔޫގައި ފަރުވާ ދެމުން އަންނަނީ ދިވެހި މީހާއަށް ކަމަށާއި އޭނާގެ ހަށިގަނޑުގެ 20 އިންސައްތަ ފިހިފައިވާ ކަމަށެވެ.
އަދި ބިދޭސީ މީހާ އަށް ލިބިފައިވާ އަނިޔާތައް ސީރިއަސް ނޫން ކަމަށާއި ފަރުވާ ދިނުމަށްފަހު މިހާރު އޭނާ ދޫކޮށްލާފައިވާ ކަމަށް އަފީފާ ބުނެފައި ވެއެވެ.