ދުނިޔެ

ސްކޫލުތައް ހުޅުވާލިޔަސް ކޮވިޑް19 ޖެހޭ މިންވަރު އިތުރެއް ނުވޭ: ފިންލޭންޑް

ދެން އެމްވީ ، ދެން އޮންލައިން

ފިންލެންޑުން ލޮކްޑައުން އަށް ފަހު އަލުން ސުކޫލުތައް ހުޅުވިގެންދިޔަތާ ދެ ހަފްތާ ވެފައިވާއިރު ވައިރަސް ގެ ކޭސްތައް އިތުރުވެފައި ނުވާ ކަމަށް އެ ގައުމުން ބުނެފިއެވެ.

Ads by Sosun Fihaara

ފިންލެންޑުގެ އިތުރުން ނޯވޭ އިން ވެސް ވަނީ ކްލާސްތައް ހުއްޓުވުމުން އެހާ މުހިންމު ނޫން ކަމަށް އެއްބަސްވެފައެވެ.

މި ދެ ގައުމުން ވެސް ލޮކްޑައުންތަކަށް ލުއި ދީފައިވަނީ ވައިރަހުގެ ކޭސްތައް މަދުވެ ބާނި ތިރިވުމުންނެވެ. އަދި ލޮކްޑައުން އަށް ދެވުނު ފުރަތަމަ ލުޔާއެކު ސުކޫލުތައް ވަނީ ހުޅުވާފައެވެ.

މި ދެ ގައުމު ހިމެނޭ ޔޫނިއަން ގެ އިސް އޮފިޝަލަކު ބުނެފައިވާ ގޮތުގައިި ސުކޫލުތައް ހުޅުވުމަށްފަހުގައި ވައިރަހުގެ ކޭސްތައް އިތުރު ވެފައިވާ ކަމުގެ އެއްވެސް ހެއްކެއް އަދި ލިބިފައެއް ނުވެއެވެ.

ފިންލެންޑުން ލޮކްޑައުންއަށް ފަހު ސުކޫލުތައް ހުޅުވާފައިވަނީ ސޯޝަލް ޑިސްޓެންސިން ގެ ގިނަ ފިޔަވަޅުތަކަކާއެކު މެއި 14 ވަނަ ދުވަހުއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!