އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް ވިދާޅުވެފައި ވަނީ އެ ކޮމިޝަނުން އަދި އިންތިހާބު ނުބާއްވާ ގޮތަށް ނިންމާފައި ނުވާނެ ކަމަށާއި އެގޮތުން މާރޗް މަހުގެ 6 ނުވަތަ 13 ވަނަ ދުވަހު އިންތިހާބު ބާއްވަން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދާ ކަމަށެވެ.
ގާނޫނަށް ގެނައި ބަދަލުތައް އިސްލާހު ކޮށްގެން ނަމަވެސް 2021 ވަނަ އަހަރުގެ ކައުންސިލް އިންތިޚާބު ބާއްވަން ޖެހޭ : އާދަމް ޝަރީފް

ލޯކަލް ކައުންސިލުގައި ސަރުކާރުން ވަނީ މަރުތަޅު އަޅުވާފައި ކަމަށް މަޑުއްވަރީ ދާއިރާގެ ނައިބު ރައީސް އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އުވާ ނުލަނީސް ލޯކަލް ކައުންސިލް އިންތިހާބު ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެފައިވާ ދަނޑިވަޅެއްގައި އާދަމް ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، ކޮވިޑު ތެރޭގައި އިލެކްޝަން ނުބާއްވާ ގޮތަށް ގާނޫނަށް ގެނައި ބަދަލުތައް އިސްލާހު ކޮށްގެން ނަމަވެސް 2021 ވަނަ އަހަރުގެ މާރޗު މަހުގައި އިންތިޚާބު ބާއްވަން ޖެހޭ ކަމަށެެވެ.