މަޖިލީހުގައި މެމްބަރު ސިރާޖު ކީރިތި ކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް މިއަދުގެ މަޖިލީހުގައި ކީރިތި ކުރައްވައިފިއެވެ.
ސިރާޖު ކީރިތި ކުރައްވާފައި ވަނީ މިނިވަން މުއައްސަސާތަކުން ކޮވިޑް-19 ގެ މި ހާލަތުގައި މަސައްކަތްތައް ބައްޓަން ކޮށްފައިވާ ގޮތާއި ގުޅޭ ގޮތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން އެކުލަވާލި ރިޕޯޓަށް ބަހުސް ކުރައްވާ ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މޭޑޭ މުޒާހަރާއި ފުލުހެއްގެ ގައިގައި ޖަހައިގެން ޖަލަށްލި އަބްދުﷲ ރަޝީދު، ޖަލުގެ އަނިޔާވެރިކަމުގައި ދުނިޔެއާ ވަކި ވެގެންދިޔައީ ވަރަށް ގިނަ ބައެއްގެ އިހުމާލުން ކަމަށް ސިރާޖް ވިދާޅުވިއެވެ. ސިރާޖު ވަނީ އަބްދުﷲ ރަޝީދުގެ ޤާނޫނީ ވަކީލެއްގެ މަގާމު އަދާ ކުރައްވާފައެވެ.
ނަމަވެސް އަބްދުﷲ ރަޝީދުގެ މަރާ ގުޅިގެން އަދަބު ލިބޭ އެއްވެސް ފަރާތެއް ނެތް ކަމަށާއި އެކަމުގެ އިހުމާލުވާ ފަރާތްތަކަށް އަދަބަކަށް ދޭންވީ ހަމައެކަނި މަޤާމުން ވަކިކޮށް ލިބޭ މުސާރަ ކަނޑާލުން ކަމަށް ސިރާޖު ފާހަގަ ކުރެއްވިއެވެ. އަދި އެއ އެންމެ އިންސާފުވެރި ގޮތްކަމަކަށް ދެކެވަޑައިނުގަންނަވާ ކަމަށް ސިރާޖް ވިދާޅުވިއެވެ.
ސިޖާރު ވިދާޅުވީ އަބްދުﷲ ރަޝީދަށް ޖަލުގައި އަޅާނުލާ ބޭސްފަރުވާ ނުލިބި ދުނިޔެއާއި ވަކިވެގެން ދިއުމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށާއި ފުލުހެއްގެ ގައިގައި ޖެހުމަށް ވުރެ، މީހެއްގެ ފުރާނައަށް އިހުމާލުވުމަކީ މާ ބޮޑުކަމެއް ކަމަށް އޭނަ ވިދާޅުވިއެވެ.