ދުނިޔެ

ފިޔަވަޅުތަކާއެކު މަސްޖިދުއް ނަބަވީ މާދަމާ އާންމުކޮށް ހުޅުވާލަނީ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން ބަންދުކުރި މުސްލިމުންގެ އެންމެ މުޤައްދަސް އެއް މިސްކިތްކަމަށްވާ މަސްޖިދުއް ނަބަވީ މާދަމާއިން ފެށިގެން އާއްމުކޮށް ހުޅުވާލުމަށް ނިންމައިފިއެވެ.

Ads by Sosun Fihaara

ސައުދީގައި ކޮވިޑް ފެތުރެން ފެށުމާއެކު މުސްލިމުންގެ ދެ ޙަރަމް ކަމަށްވާ، މައްކާގެ މަސްޖިދުލް ހަރަމާއި، މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީގައި ނަމާދުކުރުން ވަގުތީގޮތުން ހުއްޓާލީ މާރިޗުމަހުގެ 21 ވަނަ ދުވަހުއެވެ.

މަސްޖިދުއް ނަބަވީ ހުޅުވުމުގެ ހުއްދަ ސައުދީ ރަސްގެފާނު ދެއްވީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަކާ އެކުއެވެ. އެގޮތުން މިސްކިތަށް ކުޑަކުދިން ދިޔުން ވަނީ މަނާކޮށްފައެވެ. އަދި މިސްކިތަށް ދާ މީހުންނަށް މިސްކިތަށް ވަދެވޭނީ މާސްކު އަަޅައިގެންކަމަށާއި ޖަމާއަތުގައި ނަމާދުކުރުމުގައި ދެމީހުންގެ މެދުގައި ދުރުން މިން ބެހެއްޓުމަށްވަނީ ކަނޑައަޅާފައެވެ.

ނަމާދުތަކަށް މިސްކިތް ހުޅުވާލިނަމަވެސް މިސްކިތުގެ 40 ޕަސެންޓު އަދިވެސް ހުންނާނީ ބަންދުކޮށްފައެވެ. މީގެއިތުރުން މިސްކިތުން ޒަމްޒަމްފެން ނުލިބޭނެކަމަށާއި ރައުޝާ އާއި ކީރިތި ރަސޫލާގެ މަގްބަރާ ހުންނަ ސަރަހައްދު އަދިވެސް ބަންދުންވާނެކަމަށް ސައުދީ ސަރުކާރުން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!