ލަމް އަށް 50 ހާސް ފޮލޮވާސް ލިބުމުގެ އުފަލުގައި، އިންސްޓަގްރާމް ފޮލޮވާސް އަށް ހަދިޔާއަކަށް އެއާޕޮޑެއް
އިންސްޓަގްރާމް ގައި ދިވެހިންގެ ތެރޭގައި ބޮޑު މަގުބޫލު ކަމެއް ހޯދައިފައިވާ ލަވަކިޔުންތެރިޔާ ލަމްހާ ލަތީފް ގެ އިންސްޓަގްރާމް ގައި ދާދި ފަހުން ވަނީ 50 ހާސް ފޮލޮވަރުން ހަމަ ވެފައެވެ. އެއާއެކު ލަމް ވަނީ މިކަން ފާހަގަ ކުރުމުގެ ގޮތުން އޭނާގެ ފޭނުންނަށް އަގުބޮޑު ހަދިޔާއެއް ދޭން ނިންމާފައެވެ.
އެގޮތުން ލަމް ވަނީ ފޭނުންނާ ފޮލޮވާސްއަށް ޝުކުރު އަދާކުރުމުގެ ގޮތުން ގިވްއަވޭ އެއް ހުޅުވާލާފައެވެ. ގިވްއަވޭ ގައި ގުރުއަތުން ހޮވޭ ކޮންމެވެސް އެއް ފަރާތަކަށް އެއާޕޮޑެއް ގެ އިތުރުން ޖޭބީއެލް ޖީއޯޓޫ ސްޕީކަރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކޮސްމެޓިކްސް އެމްވީ އާ ގުޅިގެން ލަމް ކުރިއަށް ގެންދާ މި ގިވްއަވޭ ގެ އަގުު 4000 ރުފިޔާ އަށް ވުރެ ބޮޑުވާނެ ކަމަށް ބެލެވެއެވެ.
ގިވްއަވޭ ގައި ބައިވެރިވުމަށްޓަކައި ލަމް ގެ އިންސްޓަގްރާމް އަށް ފޮލޯ ކުރުމާއެކު ކޮސްމެޓިކްސް އެމްވީ އަށް ވެސް ފޮލޯ ކުރަން ޖެހެއެވެ. އަދި ގިވްއަވޭ ޕޯސްޓަށް ލައިކްދީ ކޮމެންޓުތަކުގައި ދެ ރައްޓެހިން ޓެގު ކޮށް ސްޓޯރީ ގައި ޝެއަރ ކުރަން ވެސް ޖެހެއެވެ.
ލަމް ބުނެފައިވާ ގޮތުގައި ގިވްއަވޭ ގެ ނަސީބުވެރިޔާ ހޮވާނީ އޭނާ ގެ އުފަންދުވަސް ކަމަށް ވާ ޖޫން 7 ވަނަ ދުވަހުއެވެ.
ގިވްއަވޭ އިއުލާނުކުރިތާ އަދި އެންމެ ދުވަހެއް ވެފައިވާއިރު ގިނަ ބައެއް ގެ ތަރުހީބު މިކަމަށް ލިބިފައިވާ ކަން ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން މިހާތަނަށް ހަ ހާހަށް ވުރެ ގިނަ މީހުން ވަނީ މި ގިވްއަވޭ ގައި ބައިވެރި ވެފައެވެ.