މުއާ ބޭނުންވަނީ ސައިފް އޭނާގެ އަންހެން ދަރިފުޅާއެކު ކުޅޭ ފިލްމެއް ބަލާލަަން
މަޝްހޫރު ފިލްމީ ތަރި އަބްދުﷲ މުއާޒް ބޭނުންވަނީ ބޮލީވުޑްގެ ތަރި ސައިފް އަލީ ޚާން އާއި އޭނާ ގެ އަންހެން ދަރިފުޅު ސާރާ އަލީ ޚާން ކުޅޭ ފިލްމެއް ބަލާލަން ކަމުގައި އޭނާ ބުނެފިއެވެ.
މުއާ މިހެން ބުނެފައިވަނީ އޭނާ އިންސްޓަގްރާމް ގައި ހިއްސާކުރި ސްޓޯރީއެއްގައެވެ.
އެގޮތުން ޕިންކް ވިލާ ގެ ވެބްސައިޓުގައި ހިޔާރު ކުރާނީ ކޮން ބައްޕަ އަކާއި ދަރިފުޅެއްގެ ފިލްމެއް ބަލާލަންތޯ އަހާފައިވުމުން މުއާ ވަނީ އޭގެ ސްކްރީންޝޮޓް ހިއްސާ ކޮށް ބޭނުންވަނީ ސައިފް އާއި ސާރާާ ގެ ފިލްމެއް ބަލާލަން ކަމުގައި ބުނެފައެވެ. ސައިފް އާއި ސާރާގެ އިތުރުން ދެން އެ އާޓިކަލް ގައި ހިމަނާފައިވަނީ އަނަންޔާ ޕާންޑޭ އާއި ޗަންކީއެވެ.
އަބީޝެކް ކަޕޫރުގެ ފިލްމު "ކެދަރްނާތު" އިން ބޮލީވުޑަށް ތައާރަފްވި ސާރާ ވަނީ މިހާރު އެންމެ ބޭނުންވަނީ އޭނާގެ ބައްޕަ ސައިފް އަލީ ޚާނާއެކު ސާރާ ފިލްމަކުން ފެނިގެން ދިއުމަށްކަމުގައި އޭނާ ވަނީ ދާދި ފަހުން ބުނެފައެވެ.
ދިވެހި ފިލްމީ ފަންނާނުންގެ ތެރެއިން މުއާ އަބަދުވެސް ފާހަގަވެފައި އޮންނަނީ ބޮލީވުޑަށް ވަރަށް ލޯބިކުރާ ފަންނާނެއް ގެ ގޮތުގައެވެ. އަދި މުއާ އަކީ މީސް މީޑިއާ އާއި ވަރަށް ރައްޓެހި ފަންނާނެއް ވެސް މެއެވެ.