Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ދުނިޔެ

ކޮވިޑް19: އޫރުތައް ހޫނު ފެނަށް ލާ މަރަނީ

ކޮވިޑް19 އާއި ގުޅިގެން އޫރު މަހުގެ ވިޔަފާރި ދަށް ވެ އޫރު މަސް އުފައްދާ ގިނަ ފެކްޓަރީ ތަކުގައި ހޫނު ފެން އަޅައި އޫރުތައް މަރަން ފަށައިފިއެވެ.

މި ފަދަ ގޮތަކަށް އޫރު ތައް މެރުމަށް ކިޔަނީ ވެންޓިލޭޝަން ޝަޓްޑައުންއެވެ. އެއިރުން އެތައް ގަޑިއިރަކު ހޫނު އާވީގައި އެ އެއްޗެއްހި ބަންދުކޮށް މަރުވެގެންދަނީއެވެ.

ޑެއިލީމެއިލް އިން ރިޕޯޓު ކޮށްފައިވާގޮތުގައި މިގޮތަށް އޫރުތައް މަރަން ގިނަ ފެކްޓަރީތަކަށް މަޖުބޫރު ވެފައިވަނީ އެތަނުގައި އޭގެ އަދަދު ގިނަވެ، ކުރަން ޖެހޭ ހަރަދު މަތިވެގެން ދިއުމުން ކަމަށެވެ.

Advertisement
Allied Insurance — Square (box)

މި ފަދަ ގޮތަކަށް އެތައް ހާސް އޫރެއް މަރާ މަންޒަރު ފެންނަ ވީޑިއޯތަކެއް މިހާރު އަންނަނީ މީސް މީޑިއާ ގައި ދައުރުވަމުންނެވެ.

ނަމަވެސް ބައެއް އޫރު އާވިން މަރުވެފައިނުވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. އަދި މި އެއްޗެހި ބޮލަށް ބަޑި ޖަހައިގެން މެރުމަށް ވަނީ ހަމަޖެހިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް