ދުނިޔެ

ކޮވިޑް19: 10 މިނިޓް ތެރޭގައި ނަތީޖާ އެނގޭ ޓެސްޓްކިޓެއް އުފައްދައިފި

ދެން އެމްވީ ، ދެން އޮންލައިން

އިންޑިޔާއަށް ނިސްބަތްވާ ރިސާޗްކުރާ ބަޔަކު އިސްވެތިބެ، އެމެރިކާއިން އުފެއްދި ޓެސްޓް ކިޓަކުން ކޮރޯނާވައިރަސް ހުރިކަން ނުވަތަ ނެތްކަން އެންމެ 10 މިނިޓްތެރޭގައި ފެންނާނެކަމަށް އެޓީމުން ބުނެފިއެވެ. ޔުނިވަރސިޓީ އޮފް މެރީލޭންޑް ސްކޫލް އޮފް މެޑިސިންގެ ސައިންޓިސްޓުން އުފެއްދި މި ކިޓްގައި ބޭނުން ކޮށްފައިވާ "ޕްލާޒްމޮނިކް ގޯލްޑް" ގެ ކުދިކުދި ފުށްތަކުގެ ސަބަބުން ބޭނުން ކުރެވޭ ސާމްޕަލްގައި ކޮރޯނާވައިރަސް ހުރެއްޖެނަމަ އޭގެ ކުލަ ބަދަލުވާނެއެވެ.

Ads by Sosun Fihaara

މި ޓެސްޓްގެ އެއްވެސް މަރުޙަލާއެއްގައި ލެބޯޓަރީގެ ބޭނުން ކުރާކަށް ނުޖެހޭނެއެވެ. "މި އާ ޓެސްޓް ކިޓްގެ އެހީގައި، ވައިރަސް ޖެހޭތާ އެއްދުވަސް ތެރޭގައިވެސް، އެމީހެއްގެ ހަށިގަނޑުގައި ވައިރަސް ހުރިކަން ނުވަތަ ނެތް ކަން، ވައިރަހުގެ އާރް.އެން.އޭ ގެ އެހީގައި ދެނެގަނެވޭނެކަން، އެންމެ ފުރަތަމަ ކުރި ޓެސްޓުންވަނީ އެނގިފައި" ކަމަށް މި ޓެސްޓް ކިޓް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ، ޑައިގްނޯސްޓިކް ރޭޑިއޯލޮޖީ އެންޑް ނިއުކްލިއަރ މެޑިސިންގެ ޕްރޮފެސަރ އަދި ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު ދިޕާންޖަން ޕާން ހާމަކުރިއެވެ.

ކުޅު ކޮޅެއް ވެސް ޓެސްޓް ކިޓަށް ލުމުން، ކިޓްގައިވާ ވަރަށް ކުދިކުދި ފުށްތަކަކުން، ވައިރަސް އުފެދިފައިވާ ޕްރޮޓީން ހޯދާނެއެވެ. ވައިރަސްގެ ޕްރޮޓީންގައި މި ފުށްތައް ޖެހުމުން ދަނބު ކުލައިން ނޫކުލައަށް ބަދަލުވާނެއެވެ. މި ކިޓްގެ ބޭނުން ކުރުމުން ފޯލްސް ޕޮޒިޓިވް ނުވަތަ ފޯލްސް ނެގެޓިވް ނަތީޖާއެއް ނުލިބޭނެއެވެ. މީގެ އިތުރުން މިއީ ވައިރަސް ޖެހޭތާ އެންމެ ކުރު މުއްދަތެއްގައި ނަތީޖާ ދައްކައިދެވޭނެ ޓެސްޓް ކިޓެވެ. މިޓީމުގެ ފަރާތުން މިހާރު ކުރަމުންދާ މަސައްކަތަކީ ކުއްލި ހާލަތްތަކުގައި މިޓެސްޓްކިޓް ބޭނުން ކުރުމުގެ ހުއްދައަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ހޯދުމަށް ކުރަމުންދާ މަސައްކަތެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!