ދުނިޔެ

ﷲއަށް ހަމްދު ހުރި! ޗައިނާއިން އުފައްދާ ކޮވިޑްގެ ވެކްސިން ކާމިޔާބުވާނެ ކަމުގެ 99 އިންސައްތަ ޔަގީންކަން ލިބިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ޗައިނާ ބެޖިންގެ ބަޔޯޓެކް ކުންފުންޏަކުން އުފައްދާ ކޮވިޑް-19 ގެ ވެކްސިން ކާމިޔާބުވާނެކަމުގެ 99 އިންސައްކަތް ޔަގީންކަން ލިބިފައިވާ ކަމަށް، "ސްކައި ނިއުސް"އަށް މަޢުލޫމާތު ދެމުން އެ ކުންފުނިން ހާމަ ކޮށްފިއެވެ.

Ads by Sosun Fihaara

ސިނޮވެކް ކިޔާ މި ކުންފުނިން އުފައްދާ ވެކްސިންގެ ދެވަނަ ބުރުގެ ޓެސްޓްކުރުން ތަކުގައި އަމިއްލައަށް އެދިގެން 1000 މީހުން ބައިވެރިވިއެވެ. އިނގިރޭސި މީޑީޔާއަކުން ޗައިނާގެ މި ލެބޯޓަރީއަށް ޒިޔާރަތްކުރި ފުރަތަމަ މީޑިޔާކަމަށްވާ ސްކައި ނިއުސްއަށް މައުލޫމާތު ދެމުން، އިތުރަށް ހާމަ ކުރިގޮތުގައި ތިންވަނަ އަދި އެންމެ ފަހު ބުރުގެ ޓެސްޓްކުރުންތަކަށް ވާންވީ ތައްޔާރީތައްވެސް މިހާރު ވަނީ ފަށާފައެވެ.

މިދިޔަ މަހު މި ކުންފުނީގެ ވެކްސިނާއި ބެހޭގޮތުން އާންމު ކުރި ރިޕޯޓްގައި ހާމަކޮށްފައިވާ ގޮތުގައި، ރާމާމަކުނަކަށް މި ވެކްސިން ދިނުމުން ދެން ކޮރޯނާވައިރަސް ނުޖެހޭކަން ވަނީ ޔަގީންވެފައެވެ. ޗައިނާގައި މިހާރު ކޮވިޑް-19 ދަށްވެފައިވާ މިންވަރުން މި ވެކްސިން ޓެސްޓްކުރުމަށްވެސް ވަނީ ބޮޑުދަތި ތަކާ ކުރިމަތި ވެފައެވެ. އެހެން ކަމުން 3 ވަނަ ބުރުގެ ޓެސްޓްތަކަށް އެހެން ގައުމުތަކުގެ މީހުންގެ އެހީތެރިކަން ހޯދުމަށް ޔޫރަޕްގެ ގައުމުތަކާވެސް އަންނަނީ ވާހަކަ ދައްކަމުން ކަމަށް އެ ކުންފުނިން ހާމަ ކުރިއެވެ.

ވެކްސިން ކާމިޔާބުވާނެ ކަމުގެ ޔަގީންކަން ލިބިފައި ވުމުން، އިތުރު ރިސާޗްތައް ކުރަމުން ދިޔަ ނަމަވެސް، ގިނަ އަދަދަކަށް ވެކްސިން އުފެއްދުމަށް ކުރަން ޖެހޭ ތައްޔާރީތައްވެސް މި ކުންފުނިން އަންނަނީ ކުރަމުންނެވެ. އެކަމަށް ބިނާ ކުރަންޖެހޭ ބޮޑު ޕްލާންޓެއްގެ މަސައްކަތްވެސް އަންނަނީ، ބެއިޖިންގެ އެހެން ހިސާބެއްގައި ކުރެވެމުންނެވެ. 3 ވަނަ ބުރުގެ ޓެސްޓް ކުރުން ނިމި 100 އިންސައްތަ ކާމިޔާބު ލިބުމުން، އާންމުކޮށް ވެކްސިން ބޭނުން ކުރަށް އުފައްދަން ފެށުމުގެ ހުއްދައަށް އެދޭނެއެވެ. އެމީހުންގެ އަމާޒަކީ 100 މިލިއަން ޑޯސް އުފެއްދުމެވެ. ވެކްސިން އުފައްދާނީ ބެޗް ތަކަކަށް ބަހާލައިގެނެވެ.

އެހެން ކަމުން ވެކްސިން ފުރަތަމަ ލިބޭނީ ބަލީގެ ނުރައްކާ އެންމެ ބޮޑު މީހުނަށެވެ. ކުންފުނީގެ ފަރާތުން ވާހަކަ ދެއްކި ޔަންގް ހާމަ ކުރީ، "ފުރަތަމަ ބުރުގެ ވެކްސިން ސިއްހީ އެހީތެރިންނާއި އުމުރުން ދުވަސްވީ މީހުނަށް ދިނުމަށް ގަސްތުކުރަނީ. އެއީ ބަލީގެ ނުރައްކާ އެންމެ ބޮޑު މީހުން. ނަމަވެސް ވެކްސިން ނެރެން ދުވަސް ނަގާނެ. ދެވަނަ ބުރުގެ ޓެސްޓްކުރުން ގިނަ މަސްތަކަކަށް ދެމިގެންދާނެ. ތިން ވަރަ ބުރުގެ ޓެސްޓް ކުރުން ފެށޭނީ އޭގެ ފަހުން" ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!