ދުނިޔެ

އެތައް މިލިއަން ދިރުހަމެއްގެ އޮޅުވާލުމުގެ މުޢާމަލާތްތައް ހިންގި އިންޑިޔާ މީހަކު، ކޮވިޑް-19 ގައި ހާލުގައި ޖެހުނު މީހުން ގެންދާ ފްލައިޓެއްގައި ޑުބާއީ އިން ފިލައިފި

ދެން އެމްވީ ، ދެން އޮންލައިން

ޑުބާއީގެ ގިނަ ކުންފުނިތަކަކަށް މަކަރު ހަދާ، އެތައް މިލިއަން ދިރުހަމްގެ ތަކެތި ގަނެ، އެކައުންޓްގައި ފައިސާނެތި ފަހުގެ ތާރީޚެއް ޖަހާފައިވާ ޗެކްތަކެއް ދީގެން އޮޅުވާލުމަށްފަހު އިންޑިޔާއަށް ނިސްބަތްވާ ޔޮގޭޝް އަޝޯކް ވަރިޔާވާ ކިޔާ މީހަކު، ކޮވިޑް-19 ގައި ޑުބާއީގައި ހާލުގައި ޖެހުނު އިންޑިޔާ މީހުން ގެންދިއުމަށް ބޭއްވި ޚާއްސަ ފްލައިޓެއްގައި ޑުބާއީ އިން އިންޑިޔާގެ ހައިދަރުއާބާދަށް ގޮސްފިއެވެ.

Ads by Sosun Fihaara

ރޯޔަލް ލަކް ފޫޑް ސްޓަފް އެންޑް ޓްރޭޑިންގ ކިޔާ ކުންފުންޏެއް ހަދައިގެން އުޅުނު ޔޮގޭޝް މަކަރު ހަދައިގެން ގަތް ތަކެތީގެ ތެރޭގައި ފޭސްމާސްކް، ހޭންޑް ސެނެޓައިޒަރ، މެޑިކަލް އަންގި، ކަނޑުމަސް، ބަދަނުގެ ބާވަތްތައް،ފިނިކޮށްގެން ބޭނުން ކުރެވޭ ބާވަތްތައް އަދި އެއްގަމު މަހުގެ އިތުރުން ފޮނިކާތަކެތި ހިމެނެއެވެ. މިހާރަށް ފެންނަން ހުރި ރެކޯޑްތަކަށް ބަލާއިރު މިތަކެތީގެ އަގު 6 މިލިއަން ދިރުހަމަށް އަރާނެއެވެ. އެއީ ދޮޅު މިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެކެވެ.

ޔޮގޭޝް ޑުބާއީ އިން ފުރީ 11 މޭގައި ކަމުން، ދެ ހަފްތާގެ ކަރަންޓީނު 25 މޭގައި ނިމޭނެއެވެ. ނަމަވެސް އެމްބަސީގައި ރަޖިސްޓަރ ވެގެން ހަމަ އެކަނި ހާލުގައި ޖެހުނު މީހުން ގެންދިއުމަށް ޚާއްސަ ކުރި މި ފްލައިޓްގައި ޔޮގޭޝްއަށް އިންޑިޔާއަށް ދެވުނު ގޮތަކާމެދު ގިނަ ބަޔަކު ތިބި ހައިރާންވެފައެވެ. ޔޮގޭޝް ދިން ޗެކްތަކަށް ފައިސާ ނުލިބުނު އެތައް ކުންފުނިތަކުގެ އޮފިޝަލުން ވަނީ ޔޮގޭޝްގެ އޮފީހަށްވެސް ގޮސްފައެވެ. ނަމަވެސް އެތަނުގައި ހުރި ގާޑްގެ ފަރާތުން އެނގުނީ 18 މުވައްޒަފުން މަސައްކަތް ކުރި ކުންފުނި މިހާރު ބަންދުކޮށްފައިވާ ކަމެވެ. ކުރިން ކުންފުނީގެ ނަމުގައި ބޭނުންކުރި ފޯން ނަމްބަރުތަކަށް ވެސް މިހާރަކު ނުގުޅެއެވެ. ޔޮގޭޝްވަނީ ކުންފުނިތަކުން ގަތް މުދާ، ބާޒާރު އަގަށްވުރެ ކުޑަކޮށް އެހެން މީހުނަށް ވިއްކާފައެވެ.

ޔޮގޭޝް މަކަރު ހެދި ކުންފުނިތަކުގެ ވެރިން ވަނީ، ލިބުނު ގެއްލުމުގެ ބަދަލު ހޯދޭނެ މަގެއް ނުފެނި ހާސްކަމުގެ ތެރޭގައެވެ. މި ކުންފުނިތަކުން ވަނީ ޑުބާއީގައި ހުންނަ އިންޑިޔާގެ އެމްބަސީގައި މި މައްސަލަ ރިޕޯޓް ކޮށްފައެވެ. އަދި އެމްބަސީ މެދުވެރިކޮށް އިންޑިޔާ ފުލުހުންގެ އެއްބާރުލުމާއެކު ޔޮގޭޝް ހައްޔަރުކޮށް މި މައްސަލަ ބަލައިދިނުމަށް ވަނީ އެދިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!