Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ދުނިޔެ

ކޮވިޑް-19: މައްޔިތާގެ ހަށިގަނޑު ނަގާ ، އަތްލާ ހެދުމުން އިންޑިއާގައި އެތައް ބަޔަކު ޕޮސިޓިވް ވެއްޖެ

އިންޑިޔާގެ މަހާރަޝްޓްރަ ސްޓޭޓްގެ އުއްލާސް ނަގަރު ގެ އާއިލާގެ އެއްގެ މީހަކު ކޮވިޑް-19 ޖެހިގެން މަރުވުމުން ބޭއްވި ޖަނާޒާގެ ތެރެއިން، އެމީހާ ލާފައިވާ ބޮޑީ ބޭގުން ނަގާ އަތްލާ ހެދުމުން އާއިލާގެ 18 މީހަކު މި ބައްޔަށް ޕޮސިޓިވް ވެފައިވާކަން އިންޑިޔާ ޓައިމްސް އިން ހާމަ ކޮށްފިއެވެ.

ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ޖަނާޒާގެ އެއްވެސް މަރުހަލާއެއްގައި ބޮޑީ ބޭގް ނުހުޅުވުމަށް އިންޑިޔާގެ ކަމާބެހޭ އިދާރާތަކުން އިރުޝާދު ދީފައިވެއެވެ. ނަމަވެސް އިންޑިޔާ މީހުން މި ފަދަ އިރުޝާދުތަކަށް ބޯ ނުލަނބާކަން ދަނީ ފާހަގަ ވަމުންނެވެ. މީގެ ތިން ހަފްތާ ކުރިންވެސް މިގޮތަށް ޖަނާޒާގެ ތެރެއިން ބޮޑީ ބޭގް ހުޅުވުމުން، އެއާއިލާގެ 25 މީހުންގެ އިތުރުން ޖަނާޒާގައި ބައިވެރިވި އެހެން ބަޔަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

މިފަހަރު މަރުވި އަންހެން މީހާގެ ހަށިގަނޑު އާއިލާ އާ ހަވާލުކުރަމުން ވެސް، އެ ހަށިގަނޑު ލާފައިވާ ބޭގް ނުހުޅުވުމަށް ހަރުކަށި އިންޒާރު ދީފައި ވެއެވެ. އަދި ހަށިގަނޑު އަންދާ ތަނަށް ގެންދިއުމަށް އެންގިއެވެ. ނަމަވެސް ބޮޑީ ބޭގް ހުޅުވައިގެން މައްޔިތާގެ ހަށިގަނޑުގައި އަތްލައިގެން އެމީހުންގެ ސަގާފަތުގައިވާ ގޮތަށް އެންމެ ފަހުގެ ހައްގު އަދާ ކުރީކަމަށް އިންޑިޔާ ޓުޑޭއިން ވަނީ ހާމަ ކޮށްފައެވެ. މި ޖަނާޒާގައި 100 އެއް ހާ މީހުން ބައިވެރިވި ކަމާ، މިކަން ކަމާބެހޭ ފަރާތްތަކަށް އެނގުމާއެކު 50 މީހުން ކަރަންޓީނު ކޮށް ޓެސްޓް ކުރުމުން 18 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

Advertisement
Allied — Dhen Online (box)

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް