ޚަބަރު

އިތުރު 101 މީހަކު ކޮވިޑަށް ފައްސި ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

އިތުރު 101 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

Ads by STELCO

މި 101 މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1773 އަށް އަރާފައެވެ. މި ބައްޔަށް ފައްސިވި މީހުންގެ ތެރެއިން 453 މީހުން ރަނގަޅުވެފައިވާއިރު ފަސް މީހަކު ވަނީ މަރުވެފައެވެ. އަދި 12 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ގިނަ އަދަދެއްގެ ބަޔަކު މި ބައްޔަށް ރެއިން ފެށިގެން މިއަދު އިރުއޮއްސި 6 ޖެހުމާ ހަމައަށް ފައްސިވި ވެފައިވާއިރު، ޓެސްޓު ކުރުމުގެ ކަންކަން މިހާރު އަންނަނީ ތިން ތަނެއްގައި ކުރަމުންނެވެ. އެއީ އައިޖީއެމްއެޗާއި، ފުލުހުންގެ ލެބްގެ އިތުރުން އޭޑީކޭ ހޮސްޕިޓަލުގައެވެ.

މިދިޔަ 24 ގަޑިއރުގެ ތެރޭގައި 477 ސާމްޕަލް ނަތީޖާ ލިބިފައިވާ ކަމަށް އެންއޯސީން ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!