ޚަބަރު

މަގޫދޫގައި ސެނިޓައިޒާ އުފައްދައިފި

ދެން އެމްވީ ، ދެން އޮންލައިން

ގުދުރަތީ ބާވަތްތައް ބޭނުން ކޮށްގެން ފ.މަގޫދޫ ގައި ހޭންޑް ސެނިޓައިޒާ ޖެލް އެއް އުފައްދައިފިއެވެ. މި އުފެއްދުން ތައްޔާރުކޮށްފައިވަނީ އެ ރަށުގައި ހުންނަ އިޓަލީގެ ޔުނިވާސިޓީ އޮފް މިލާނޯ-ބިކޯކާގެ އައުޓްޕޯސްޓް އިންނެވެ.

Ads by STELCO

"ނެޗުރަލް މޯލްޑިވިއަން ހޭންޑް ސެނިޓައިޒާ ޖެލް" ގެ ނަމުން ނަން ދީފައިވާ މި ސެނިޓައިޒާ އަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ހޭންޑް ހައިޖީން އިން ހެލްތު ކެއާއަށް ރިއާޔަތްކޮށް އުފައްދާފައިވާ ސެނިޓައިޒާއެއް ކަމަށް މަގޫދޫގައި ހުންނަ އިޓަލީގެ ބިކޯކާ ޔުނިވާސިޓީގެ މެރީން ރީސާޗް އެންޑް ހައި އެޑިއުކޭޝަން ސެންޓަރު (އެމްއޭއާރްއެޗްއީ) ބުނެފައިވެއެވެ.

އެގޮތުން މި ސެނިޓައިޒާ އުފެއްދުމުގައި މައިގަނޑު ގޮތެއްގައި ކާށި ބޭނުން ކޮށްފައިވާއިރު ވަސް މީރު ކުރުމަށް ކަނީރު މަލުގެ ފިޔަ ވަނީ ބޭނުން ކޮށްފައެވެ.

އެމްއޭއާރްއެޗްއީ ގެ ޑިރެކްޓަރު ޕައޮލޯ ގައްލީ ބުނެފައިވާގޮތުގައި، މި ސެނިޓައިޒާ ހަދަން ބޭނުންވާ މީހުންނަށް އެ ޖެލް ތައްޔާރުކުރާނެ ގޮތް ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކޮވިޑް-19 އިން ސަލާމަތްވެވޭނީ އެންމެ އެއްކޮށް އެއްބާރުލައިގެން މަސައްކަތް ކޮށްގެން ކަމަށާއި އެގޮތުން އެ ޔުނިވާސިޓީގެ އެހީ ފޯރުކޮށްދެވޭ ވަރަކުން ފޯރުކޮށްދެމުން ދާނެ ކަމަށް ވެސް ވަނީ އޭނާ ވިދާޅުވިއެވެ.

އެ ޔުނިވާސިޓީ އިން ވަނީ މީގެ ކުރިން ވައިރަހުން ރައްކާތެރިވުމުގެ ގޮތުން މަގުދޫގެ ރައްޔިތުންނަށް މާސްކު ވެސް ހަދިޔާ ކޮށްފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!