ދުނިޔެ

ފްލޮއިޑްގެ މަރު: ހެޔޮ ބަދަލެއް ގެނެވޭނީ ސުލްހަވެރިކަމާއެކު މުޒާހަރާތައް ކޮށްގެން: އޮބާމާ

ދެން އެމްވީ ، ދެން އޮންލައިން

މިދިޔަ މަހުގެ 25 ވަނަ ދުވަހު އެމެރިކާގައި މަރާލި ޖޯޖް ފްލޮއިޑްގެ މަރާ ގުޅިގެން ކުރިއަށް ދާ މުޒާހަރާތަކަށް ތާއީދު ކުރައްވައި، ނަސްލީ ތަފާތު ކުރުންތަކަށް ހެޔޮ ބަދަލެއް ގެނެވޭނީ އެންމެން ގުޅިގެން ސުލްހަވެރި މުޒާހަރާތަކެއް ކުރެވިގެން ކަމަށް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

މީޑިއަމް ބްލޮގުގައި އޮބާމާ ވިދާޅުވެފައިވަނީ ޖޯޖް ފްލޮއިޑް މަރާއި ގުޅިގެން ކުރިއަށްދާ މުޒާހަރާތައް ސުލްހަވެރި އަދި ދިގުދެމިގެންދާފަދަ ގޮތަކަށް ރާވައިގެން ކުރިއަށް ގެންދިއުމުން ނޫނީ ބޭނުންވާ ހެޔޮ ބަދަލު ނުގެނެވޭނެ ކަމަށެވެ.

އޮބާމާ ވިދާޅުވީ، އެމެރިކާގެ ކުރިމިނަލް ޖަސްޓިސް ސިސްޓަމާއި އެމެރިކާގެ ސޮސައިޓިތައް އެތިކްސ ކޯޓްްގެ ތެރެއިން މަސައްކަތް ކުަރަން ބޭނުންވނަމަ، އެބަދަލުތައް ގެނެވޭނީ އަމިއްލަ ކޯޑްތަކެއް އެކުލަވާލައިގެން ކަމަށެވެ. އެބަދަލުތައް ގެނެވޭނީ އެނެްނެން ގުޅުގެން ކަމަށްވެސް އޮބާމާ ވިދާޅުވި އެވެ.

އޮބާމާ ވިދާޅުވީ، މުޒާހަރާގެ ބައިވެރިންގެ އަމާޒަކަށް ވާންވާނީ އާންމުން އެކަންކަމަށް އިތުރަށް ހޭލުންތެރި ކުރުން ކަމަށެވެ. އަދި ނުހައްގު އަނިޔާދޭ ފަރާތްތައް ހާމަކޮށް، އެފަރާތްތަކަށް އެފަދަ އަމަލުތައް ހިންގުމަށް ފުރުސަތު ނުދިނުން ކަމަށެވެ.

މިހާރު ކުރިއަށްދާ މުޒާހަރާތަކުން ހާމަވެގެންދާ ކަމަކީ އެމެރިކާގައި ދިރިއުޅޭ އެފްރިކާ ނަސްލުގެ މީހުންނާ ދޭތެރޭ ދެކޭ ގޮތް ފުލުހުންގެ މެދުގައި ބަދަލު ކުރެވިފައި ނުވުމުން ފެނިގެންދާ ނުތަނަވަސް ކަމުގެ ނަތީޖާއެެއް ކަމަށެވެ. އަދި އެމެރިކާގެ ލީގަލް ސިސްޓަމަށް އެބދަލުތައް ގެނެވިފައި ނުވުމުން ފެނިގެންދާ ހިތްހަމަ ނުޖެހުންތަކެއް ކަމަށް އޮބާމާ ވިދާޅުވި އެވެ.

އޮބާމާ ވިދާޅުވީ، މުޒާހަރާތައް ކުރިއަށް ގެންދަނީ ވަރަށްވެސް ސުލްހަވެރިކަމާއި އަމާންކަމާއެކު ކަމަށެވެ. އަދި މުޒާހަރާތައް ކުރިއަށް ގެންދަނީ އެހެން އެންމެނަށްވެސް ނަމޫނާ އެއްގެ ގޮތުގައި ކަމަށެވެ. މުޒާހަރާ ކުރިއަށް ގެންދިއުމަށް ހިތްވަރު ދޭންޖެހޭ ކަމަށާއި މުޒާހަރާތަކަށް ހުރަސް އެޅުން ހުއްޓުވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޮބާމާ އިތުރަށް ވިދާޅުވީ، މަދު ފަރާތްތަކަކުން މުޒާހަރާގެ ސުލްހަމަސަލަސް ނަގާލަން މަސައްކަތްކުރާ ކަމަށާއި މަދު ބަޔަކު އެކަން އެގޮތަށް ކުރިއަށް ގެންދަނީ އުފެދިފައިވާ ހިތްހަމަ ނުޖެހުމުގެ ސަބަބުން ކަމަށް ވުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް ހެޔޮ ބަދަލެއް ގެނެވޭނީ އެންމެން ގުޅިގެން ސުލްހަވެރި މުޒާހަރާތަކެއް ކުރެވިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!