ކުޅިވަރު

ޔުނައިޓެޑުން ސިޓީގެ ސްޓާލިންގއަށް ފާރަލަނީ

ދެން އެމްވީ ، ދެން އޮންލައިން

މެންޗެސްޓަރ ޔުނައިޓެޑުން އަންނަ ސީޒަނަށް ޓީމް ވަރުގަދަ ކުރަން ގެންނަން ބޭނުންވާ ކުޅުންތެރިންގެ ލިސްޓުގައި ވާދަވެރި މެންޗެސްޓަރ ސިޓީގެ ރަހީމް ސްޓާލިންގ ހިމެނޭކަމަށް މީޑިޔާތަކުން ރިޕޯޓްކޮށްފިއެވެ.

Ads by STELCO

ކޯޗު އޮލެގަނަ ޝޮލްޝަޔާ މިހާރުވަނީ އެކުލަބަށް އޭނާ ގަންނަން ބޭނުންވާ ކުޅުންތެރިންގެ ލިސްޓެއް ހަދާފައެވެ. މި ލިސްޓުގައި ތިން ގިންތިއެއް ހިމަނާފައިވާއިރު، ދެވަނަ ގިންތިއާއި ތިންވަނަ ގިންތީގައި ތިބި ކުޅުންތެރިން ގަންނާނީ ލިސްޓުގެ ކުރީގައި ތިބި ކުޅުންތެރިން ނުލިބޭނަމައެވެ.

އިނގިރޭސި ނޫސްތަކުން ބުނާ ގޮތުން އެޓީމުން އެންމެ ބޮޑަށް މަސައްކަތްކުރާނީ ޑޯޓްމުންޑްގެ ޖޯޑަން ސަންޗޯ އަދި އެސްޓަން ވިލާގެ ޖެކް ގްރީލިޝް ގަތުމަށެވެ. މި ދެ ކުޅުންތެރިންގެ އިތުރުން ޑިފެންޑަރުންގެ ގޮތުގައި ބަލަނީ ނަޕޯލީގެ ކަލިދޫ ކޫލިބަލީއާއި ލިއެޕްޒިގްގެ އުޕަމެކާނޯ ގަތުމަށެވެ. އަދި ކުޑަ އިސްކަމެއް ދީގެން ފާރަލާ ކުޅުންތެރިންނަކީ ވުލްވްސްގެ ރައުލް ހިމެނޭޒްއާއި ވެސްޓްހަމްގެ ޑެކްލަން ރައިސްއެވެ.

މި ލިސްޓުގައި މެންޗެސްޓަރ ސިޓީގެ ސްޓާލިންގވެސް ހިމެނޭކަމަށް މީޑިޔާތަކުން ރިޕޯޓްކުރެއެވެ. މެންޗެސްޓަރ ސިޓީން ސްޓާލިންގ ވިއްކާލަން އެއްބަސްވެއްޖެނަމަ އޭނާއަށް ބޮޑު އަގެއް ދީފައި ގަންނަންވެސް ޔުނައިޓެޑުން ފަސް ނުޖެހޭނެއެވެ. ޔުނައިޓެޑަކީ އަބަދުވެސް އިނގިރޭސި ޤައުމީ ޓީމަށް ނިސްބަތްވާ ކުޅުންތެރިން ގަތުމަށް އިސްކަންދޭ ކުލަބެކެވެ.

ސިޓީން ސްޓާލިންގ ވިއްކާލަން ބޭނުން ނުވިނަމަވެސް ކުރިއަށް އޮތް ދެ ސީޒަންގެ ޗެމްޕިއަންސް ލީގުން ސިޓީ ސަސްޕެންޑްކޮށްފައި އޮތުމުން ސްޓާލިންގ ކުލަބު ދޫކޮށްލަން ބޭނުންވުން ގާތެވެ. އަދި ރަނގަޅު ހުށަހެޅުމެއް ލިބިއްޖެނަމަ އެއީވުން ގާތްކަމެއްކަމަށް ބެލެވެއެވެ.

ޗެމްޕިއަންސް ލީގުން ސިޓީ ސަސްޕެންޑްކުރުމުން އެކުލަބުންވަނީ މި މައްސަލަ އިސްތިއުނާފަށް ލާފައެވެ. މި މައްސަލަ ސިޓީއަށް ކާމިޔާބު ނުކުރެވިއްޖެނަމަ އެކުލަބުގެ ގިނަ ކުޅުންތެރިންތަކެއް އެހެން ޓީމްތަކަށް ބަދަލުވުން ގާތެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!