ކައުންސިލަރުންގެ ދައުުރު ދަންމާލަން ގާނޫނު އަސާސީއަށް ގެނައި އިސްލާހު ރައީސް ތަސްދީގު ކުރައްވައިފި
ކައުންސިލަރުންގެ ދައުުރު ދަންމާލަން ގާނޫނު އަސާސީއަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފި އެވެ.
ކައުންސިލްތަކުގައި މިހާރު ތިއްބެވި މެންބަރުންގެ ދައުރު އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ޤާނޫނު އަސާސީއަށް ހުށަހެޅުއްވި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ރޭ މެންދަމު ބޭއްވި ޖަލްސާ ގައި 74 މެމްބަރުންގެ ވޯޓާއެކުއެވެ. އެ ބިލު ފާސްކޮށްފައިވަނީ ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބުގައި އިންތިގާލީ މާއްދާއެއް ހިމަނައިގެންނެވެ.
ޤާނޫނު އަސާސީއަށް ރޭ ގެނައި އިސްލާހަކީ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާއަށް ދެ އަަކުރެއް އިތުރުކޮށް ކައުންސިލަރުންގެ ދައުރު ދަންމާލުމެވެ.
ގާނޫނު އަސާސީއަށް އިސްލާހުގެ ގެނެސްފައިމިވަނީ ކައުންސިލަރުންގެ މުއްދަތު ދައުރު އިތުރުކުރިނަމަވެސް އެ މުއްދަތުގައި މިހާރު ތިބި ކައުންސިލަރުންގެ ބާރުތައް ވަކިގޮތަކަށް ބޭނުންކުރެވޭ ގޮތަށް ވަކި ހާއްސަ ޤާނޫނެއް މަޖިލީހުން ފާސްކުރުމާއި އެކުއެވެ. މި ގާނުނުގައި ކައުންސިލަރުން ބައެއް ނިންމުންތައް ނިންމަން އެލްޖީއޭގެ ހުއްދަ ހޯދަންޖެހެއެވެ.