ކުޅިވަރު

ތިލަފުށީގައި ހިންގި ހަމަނުޖެހުމުގައި ބިދޭސީއެއް ރަހީނު ކޮށްފައެއް ނުވޭ: ފުލުހުން

ދެން އެމްވީ ، ދެން އޮންލައިން

ތިލަފުށީގައި ހިންގި ހަމަނުޖެހުމުގައި ބިދޭސީއެއް ރަހީނު ކޮށްފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

Ads by MWSC

ތިލަފުށީގައި ހަމަނުޖެހުން ހިންގާފައި ވަނީ އެރަށުގައި ތިބި އައިމާ ކޮންސްޓްރަކްޝަންގެ ބިދޭސީންނާއި ފުލުހުންގެ މެދުގައެވެ.

މި ހަމަނުޖެހުމާއެކު ފުލުހުން ބިދޭސީ އަކު ރަހީނުކުރި ކަމަށް ވަނީ އަޑުފެތުރިގެން ގޮސްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މީގެ ކުރިން ވިދާޅުވި ގޮތުގައި، ތިލަފުށީގައި ބިދޭސީންގެ ބަޔަކު ހިންގި ހަމަނުޖެހުމަކާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެގޮތުން މިހާތަނަށް މި މައްސަލައިގައި 133 ބިދޭސީއަކު ހަައްޔަރުކޮށްފައިވާ ކަމަށާއި އަދި ހަމަނުޖެހުން ތަކުގައި ދެ ފުލުހަކަށް ވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!