މުނިފޫހިފިލުވުން

ސާރާ މިހާރު ގޭގައި ކަސްރަތު ކުރަނީ އިބްރާހިމް ގޮވައިގެން!

ދެން އެމްވީ ، ދެން އޮންލައިން

ސާރާ އަލީ ޚާންއޭ ބުނުމުން މިހާރު ނޭނގޭނެ ބަޔަކު މަދުވާނެއެވެ.
ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ސައިފް އަލީ ޚާންގެ ދޮށީދަރި، އަދި ހުރި ހަމައެކަނި އަންހެން ދަރި، ސާރާ އަކީ މިހާރު ގިނަ ފިލްމުތައް ވެސް ކުޅެ، ބެލުންތެރިންގެ މަގުބޫލުކަން ވެސް ހޯދާފައިވާ ފަންނާނެކެވެ.

Ads by STELCO

ސާރާ މިހާރު ދަނީ ފުރަބަންދުގެ މި ދުވަސްވަރު ގޭތެރޭގައި ތަފާތު އެކި ވީޑިއޯތައް ވެސް ކުޅެ، އޭނާގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން ވެސް ބެލުންތެރިންނާއި ހިއްސާކުރަމުންނެވެ.އެގޮތުން ގިނަ މީހުންނަށް އެންމެ ކަމުގޮސްފައިވަނީ އޭނާގެ ކޮއްކޮ އިބްރާހިމް އަލީ ޚާން އާއެކު ކުޅެފައިވާ ވީޑިއޯތަކެވެ.
އެމީހުންގެ "ނޮކް ނޮކް.. ހޫޒް ދެއާ" ވީޑިއޯ ތަކަށްފަހު، މިހާރު ސާރާ މިވަނީ ކޮއްކޮ އާއެކު އެހެން ވީޑިއޯތަކެއް ހިއްސާ ކޮށްފައެވެ.

ކޮވިޑްގެ ހާލަތާއި ގުޅިގެން ގޭގައި ގިނަވަގުތު މަޑުކުރަން ޖެހިފައިވުމުން، ސާރާ ވަނީ ގޭގައި ކަސްރަތު ކުރަން ފަށާފައެވެ. އެގޮތުން ކަސްރަތު ކުރުމުގައި މިހާރު ސާރާއާއެކު އިބްރާހިމް ވެސް ބައިވެރި ކޮށްފައިވެއެވެ.
ސާރާ އަކީ އަބަދުވެސް އޭނަގެ ކޮއްކޮއާއެކު ވަރަށް ރަނގަޅު ގުޅުމެއް ދަމަހައްޓަމުން އަންނަ މީހެއްކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ. މީގެއިތުރުން މަންމަ އަމްރިތާ ސިންގް އާއެކު ދިރިއުޅުން ކަމުގައިވިޔަސް، ސާރާ އަންނަނީ އޭނާގެ ބައްޕަ ސައިފް އާއި އަދި ދޮންމަންމަ ކަރީނާ ކަޕޫރް ޚާން ގެ އިތުރުން އެދެމަފިރިންގެ ދަރި ތައިމޫރް އަލީ ޚާން އާއި ވެސް ގުޅުން ވަރުގަދަ ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!