ޚަބަރު

ސިވިލް ކޯޓުގެ ޝަރީއަތްތައް ވެސް އޮންލައިން ކޮށް ކުރިޔަށް ގެންދަނީ

ދެން އެމްވީ ، ދެން އޮންލައިން

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ސިވިލް ކޯޓުން ޝަރީއަތްތައް ކުރިއަށް ގެންދާނެ އުސޫލު އެކުލަވާލާ މިއަދުން ފެށިގެން އެ އުސޫލަށް އަމަލުކުރަން ފަށައިފިއެވެ.

Ads by MWSC

"ސިވިލް ކޯޓުގައި މައްސަލަތައް ދުރުން ހިންގުމާއި ހިދުމަތްތައް ދިނުމުގައި އަމަލު ކުރާނެގޮތުގެ އުސޫލު"ގެ ނަމުގައި އެކުލަވާލާ އަމަލު ކުރަން ފެށި އުސޫލުގައިވާ ގޮތުގައި އޮންލައިންކޮށް ބާއްވާ ޝަރީއަތްތައް ކުރިޔަށް ގެންދާނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. މައްސަލަތައް ސިވިލް ކޯޓަށް ހުށަހަޅާނީ އެ ކޯޓުގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް މެދުވެރިކޮށެވެ. އޮންލައިން ޕޯޓަލް މެދުވެރިކޮށް މައްސަލަ ހުށަހެޅެން ނެތް ކަމުގައިވާ ނަމަ މައްސަލައާ ގުޅޭ އެންމެހާ ލިޔެކިއުމެއް އީމެއިލްގެ ޒަރިއްޔާ އިން އެކޯޓަށް ހުށަހެޅިދާނެއެވެ.

އޮންލައިންކޮށް ޝަރީއަތްތައް ކުރިޔަށް ގެންދަން ނިންމި ނަމަވެސް މައްސަލައިގެ ހަސްމުންނަށް ލިބެންހުރި ވަސީލަތްތަކުގެ މައްޗަށް ރިއާޔަތްކޮށް އޮންލައިންކޮށް މައްސަލަ ކުރިޔަށް ގެންދެވެން ނެތް ކަމަށްވާ ނަމަ މައްސަލައިގެ ހަސްމުން ކޯޓަން ހާޒިރު ކުރުމުގެ ހުއްދަ އެ އުސޫލުގެ ދަށުން ވަނީ ލިބިދީފައެވެ.

ސިވިލް ކޯޓުގެ އިތުރުން ސުޕްރީމް ކޯޓުން ވެސް މިހާރު މައްސަލަތައް ކުރިޔަށް ގެންދަނީ އޮންލައިންކޮށެވެ. އެގޮތުން ސުޕްރީމް ކޯޓުން ކުރިޔަށް ގެންދާ މައްސަލަތައް އަންނަނީ ލައިވް ކުރެވޭ މައްސަލަތަކުގައި ލައިވްވެސް ކުރަމުންނެވެ. އެގޮތުން އެ ކޯޓުން އިއްޔެ ކުރިޔަށް ގެންދިޔަ މައްސަލައެއްވެސް ވަނީ ލައިވް ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!