ޚަބަރު

"ރާވެރިބޭ ކޮއްތުވެނި" ފުޑް ކޯޓުން 14 ބްލޮކެއް އަލުން ބީލަމަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މާލޭގެ ހުޅަނގު ދެކުނު ފަރާތުގައި ތަރައްގީ ކޮށްފައިވާ "ރައިވެރިބޭ ކޮއްތުވެނި" ހާބާ ފުޑް ކޯޓްގެ 14 ބްލޮކެއް އަލުން ބީލަމަށް ލައިފިއެވެ.

Ads by MWSC

ފުޑްކޯޓުތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ އެސްޓީއޯ އިން ބުނީ އެ ބްލޮކް ތަކަށް އެދި ޕްރޮޕޯސަލް ހުށަހެޅޭނީ މި ހިނގާ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 2:00 ޖެހުމުގެ ކުރިން ކަމަށާއި މިހާރު ވެސް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ބީލަން ހުށަހެޅުމަށް ހުޅުވާލި 14 ބްލޮކަކީ ކުރިން ބަޔަކު ބޭނުން ކޮށްފައި އަދި ކުލި ބޮޑުވެގެންނާއި ކޮވިޑާއެކު ވިޔަފާރިއަށް ލިބުނު ގެއްލުންތަކާއެކު ހުސްކޮށްފައިވާ ބްލޮކު ތަކެކެވެ.

އެސްޓީއޯއިން ވަނީ ޕްރޮޕޯސަލް ހުށާއަޅާ ފަރާތްތަށް ބޭނުން ނަމަ ބްލޮކްތައް އެތެރޭގެ ހާލަތާއެކު ބަލައިލަން ދިއުމުގެ ފުރުސަތު ވެސް ހުޅުވާލާފަައެވެ. އެގޮތުން ބްލޮކްތައް ބަލައިލަން ދެވޭނީ މި މަހުގެ ހަތް ވަނަ ދުވަހު އާއި 10 ވަނަ ދުވަހުގެ މެންދުރު 2:00 ން 3:00 އާ ދެމެދުގެ ވަގުތެއްގައެވެ.

ހާބަރު ފުޑްކޯޓުތަކުގެ ކުލީގެ އަގު އުޅެނީ 60،000 ރުފިޔާ އާއި 80،000 ރުފިޔާއާ ދެމެދުގައެވެ.

ފުޑްކޯޓަށް އެދި ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތް ތަކަށް އެސްޓީއޯ ވެބްސައިޓް މެދުވެރިކޮށް ފޯމްސެޓް ހޯދޭނެ އެވެ. ޕްރޮޕޯސަލް ތައް ހުށަހަޅަން ޖެހެނީ އެސްޓީއޯ ހެޑް އޮފީހުގެ ރިސެޕްޝަނަށެވެ. ޕްރޮޕޯސަލް ބަލައިގަންނާނީ މި ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!