Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އެސިސްޓަންޓް ޕީޖީގެ މަގާމަށް ރާބިއު އައްޔަން ކޮށްފި

އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމަށް އިތުރު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

ޮޕީޖީ އޮފީހުން ބުނީ އެސިސްޓެންޓް ޕީޖީގެ މަގާމަށް، އެ އޮފީހުގެ ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާގެ ގޮތުގައި ހުންނެވި އަބްދުﷲ ރާބިއު އައްޔަން ކުރައްވާފައިވާ ކަމަށެވެ.

ރާބިއު ގާނޫނީ ދާއިރާއިން ހިދުމަތް ފައްޓަވާފައި ވަނީ 2009 ވަނަ އަހަރު އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓަރުގެ މަގާމުގަ އެވެ. އެއަށްފަހު، ޕީޖީ އޮފީހުގައި މެދުކެނޑުމެއް ނެތި ހިދުމަތް ކޮށްދެއްވުމުގައި ހުންނެވި އެވެ.

Advertisement
HDC — Sidebar (box)

ރާބިއު އަކީ މިސްރުގެ އަޒްހަރު ޔުނިވާސިޓީން ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ޑިގްރީ އަދި ވިލާ ކޮލެޖުން ޝަރީއާގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

ރާބިއު ވަނީ ދައުލަތުގެ ފަރާތުން ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިސްތޯލަ ގެންގުޅުއްވި މައްސަލަ ވެސް ހިމެނެ އެވެ.

ރާބިއުގެ އިތުރުން އެސިސްޓެންޓް ޕީޖީންގެ ގޮތުގައި މިހާރު ތިއްބެވީ ހުސެއިން ނާޝިދާއި ޖިހާދާ އަނީސް އަދި ޝަމްރާ ޝަމީމެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް