Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މިނިސްޓަރު ނަހުލާ މިރޭ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރު ކުރަނީ

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް މިރޭ ހާޒިރުކުރަން ނިންމައިފި އެވެ.

މިނިސްޓަރު ނަހުލާ ކޮމެޓީ އަށް ހާޒިރު ކުރަން ނިންމާފައިވަނީ މިރޭ 9:00 އަށެވެ. އެބައްދަލުވުން ކުރިއަށް ގެންދަން ނިންމާފައިވަނީ އޮންލައިން ކޮށެވެ.

އެ ބައްދަލުވުމަށް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޒުހައިރާއި އިތުރު ބޭފުޅުންތަކެއް ހާޒިރުކުރަން ވަނީ ނިންމާފަ އެވެ.

Advertisement
Allied — Dhen Online (box)

މިނިސްޓަރު ނަހުލާ ކޮމިޓީއަށް ހާޒިރު ކުރަނީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އެކި ވުޒާރާތަކުން ކުރަމުންދާ މަސައްކަތުގެ މައުލޫމާތު އޮޅުންފިލުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ. މީގެކުރިން ވަނީ އެހެން މިނިސްޓަރުން ވެސް އެ ކޮމިޓީއަށް ހާޒިރުކޮށް މައުލޫމާތު ސާފުކޮށްފަ އެވެ.

މިނިސްޓަރު ނަހުލާ މިރޭ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ހާޒިރު ކުރަން ނިންމާފައިވަނީއިރު، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރުވާން އެކި ފަހަރު މަތިން އެންގުމުން އޭނާ ހާޒިރު ވެފައި ނުވާތީ އެ ކޮމިޓީގެ މެންބަރުން ވަނީ މީގެ ކުރިން ނުރުހުންފާޅު ކުރައްވާފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް