ޚަބަރު

ސަރުކާރަށް ފާޑުކިޔައިގެން ވަޒީފާއިން ވަކިކުރި ކަމަށް އެންގުނީ އޮޅުމަކުން: އެމްޕީއެލް

ދެން އެމްވީ ، ދެން އޮންލައިން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މީސް މީޑިއާގައި ފާޑުކިޔާފައިވާ ކަމަށް ބުނެ ހިތަދޫ ޕޯޓް ލިމިޓެޑްގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އަންގާ ޗިޓް ފޮނުވުނީ އިދާރީ އޮޅުމަކުން ކަމަށް އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ.

Ads by STELCO

އެކަމާ ގުޅިގެން މަގާމުން ވަކިކޮށްފައިވާ ކަމަށް އަންގާ ލިޔުން ފޮނުވާފައި ވަނީ ހިތަދޫ ޕޯޓް ލިމިޓެޑްގެ އެސިސްޓެން އޮޕަރޭޝަންސް އޮފިސަރުގެ މަގާމު އަދާކުރަމުން އައި މީހެކެވެ. އޭނާ ވަކިކޮށްފައިވަނީ، ރައީސް ސޯލިހު އަށާއި ރައީސް ނަޝީދުގެ އަބުރު ގެއްލޭ ގޮތަށް މީސް މީޑިޔާގައި ވާހަކަ ދައްކާތީ ކަމަށް ވަކިކުރި ކަމުގެ ނޯޓިސްގައި ބަޔާންކޮށްފައިވެއެވެ.

ނަމަވެސް އެމްޑީ ޝާހިދު ވިދާޅުވީ އެ މުވައްޒަފު ވަޒީފާއިން ވަކިކުރަން ފޮނުވި ފުރަަތަމަ ޗިޓްގައި ދެ ރައީސުންގެ ވާހަކަ ހިމެނިފައިވަނީ އިދާރީ އޮޅުމެއްގެ ތެރެއިން ކަމަށާއި އެކަން ފަހުން އިސްލާހުކޮށްފައިވާނެ ކަމަށެވެ. އަދި އެ މީހާ ވަޒީފާއިން ވަކިކުރީ ކޯޑް އޮފް ކޮންޑަކްޓް ޕޮލިސީއާ ހިލާފުވުމުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މުވައްޒިފަކަށް ފެންނަ ހިޔާލެއް ފާޅުކޮށްގެން ވަޒީފާއިން ވަކިނުކުރާނެ ކަމަށާ އެޗްޕީއެލްއިން ވަޒީފާއިން ވަކިކުރި ޒުވާނާއާ އޭނާ ފާޅުކުރި ހިޔާލަކާއި ގުޅުމެއް ނެތް ކަމަށެވެ.

މި މައްސަލާގައި ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ(އިންތި) ވިދާޅުވީ ސަރުކާރަށް ފާޑުކިޔައިގެން މީހަކު ވަޒީފާއިން ވަކިކޮށްފި ނަމަ، ޓްރައިބިޔުނަލުން ޒިންމާ އުފުލާގޮތް ޖުޑިޝަރީ ކޮމެޓީ އިން އެކަމަށް ފާރަވެރިވާނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!