ކުޅިވަރު

ޕޮގްބާ ވިއްކާލާނީ 150 މިލިއަން ޕައުންޑަށް: ޔުނައިޓެޑް

ދެން އެމްވީ ، ދެން އޮންލައިން

ޕައުލް ޕޮގްބާއަކީ ކޮންމެ ޓްރާންސްފަރއެއްގައި ގިނަ ކުލަބުތަކަކުން ފާރަލާ ކުޅުންތެރިއެކެވެ. މިގޮތުން ރެއާލް މެޑްރިޑާއި ޔުވެންޓަސްއިން ޕޮގްބާ ހޯދުމަށް މިދިޔަ ދެ ޓްރާންސްފަރގައި ވެސް މަސައްކަތްކުރިއެވެ. އަދި ޕޮގްބާގެ އަގާއި ގުޅޭގޮތުން ގިނަ ފަހަރެއްގެ މަތިން ބަހުސަކަށްވެސް ދާން ޖެހެއެވެ.

Ads by MWSC

އެންމެ ފަހުން މެންޗެސްޓަރ ޔުނައިޓެޑުންވަނީ ޕޮގްބާ ވިއްކާލާނެ އަގު އިއުލާންކޮށްފައެވެ. ކުރިއަށް އޮރް ޓްރާންސްފަރގައި ޔުނައިޓެޑުން ޕޮގްބާ ވިއްކާލަން ނިންމާފައިވަނީ 150 މިލިއަން ޕައުންޑަށެވެ. ޕޮގްބާ މިވަގުތު ވިއްކާލުމަކީ ކުޅުންތެރިޔާއަށް ވެސް އަދި ޔުނައިޓެޑަށް ވެސް އެންމެ ރަނގަޅުގޮތް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ޔުނައިޓެޑާއިއެކު ޕޮގްބާ ހަދާފައިވާ ކޮންޓްރެކްޓްގައި އަދި އެއް އަހަރު އެބައޮތެވެ. އެކި ފަހަރު މަތިން ކޯޗާއި ހިތްހަމަ ނުޖެހިގެން އުޅޭ ކަމުގެ އަޑު ފެތުރިފައިވާ ޕޮގްބާ ވަނީ މީގެ ކުރިން އެކުލަބު ދޫކޮށްލަން ބޭނުންވާކަމަށް ބުނެފައެވެ. ކުލަބުން ބޮޑު މުސާރައެއް ޕޮގްބާއަށް ދޭއިރު، ކުލަބުން ކުރާ ހޭދައާއި އެއްވަރަށް އޭނާއަށް ނުކުޅެވޭތީ ސަޕޯޓަރުންގެ މެދުގައިވެސް ޕޮގްބާގެ މަގުބޫލުކަން ވަނީ ކުޑަވެފައެވެ.

އަނިޔާގެ ސަބަބުން ޕޮގްބާއަށް މިސީޒަންގައި ޔުނައިޓެޑަށް ކުޅެވުނީ މަދު މެޗުތަކެކެވެ. އަނެއްކޮޅުން ބްރޫނޯ ފެނާންޑޭސްގެ މޮޅު ކުޅުމާއިއެކު މިހާރު ޕޮގްބާއަށް ޓީމްގެ ފުރަތަމަ އެގާރައިން ޖާގަ ނުލިބުން ގާތެވެ. މި ސީޒަންގައި މިޑްފިލްޑަރ ފްރެޑް ވެސް ދިޔައީ ރަނގަޅު ފޯމެއްގައި ކުޅެމުންނެވެ.

ޕޮގްބާ ހޯދުމަށް ޔުވެންޓަސްއިން އޭޖެންޓާއި މަޝްވަރާ ފަށާފައިވާއިރު، މިދިޔަ ޖެނުއަރީގައި ރެއާލްމެޑްރިޑްގެ މަންދޫބުންވަނީ ޔުނައިޓެޑްގެ އެކި ފަރާތްތަކާއި ބައްދަލުކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!