ކުޅިވަރު

ބާސެލޯނާއިން ހަކުޅުންތެރިއަކު ވިއްކާލަނީ!

ދެން އެމްވީ ، ދެން އޮންލައިން

އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޓީމު ވަރުގަދަ ކުރަން ބޭނުންނަމަ ބާސެލޯނާއިން ހަ ކުޅުންތެރިއަކު ވިއްކާލާނެކަމަށް ބެލެވިއްޖެއެވެ.

Ads by Hajj Corporation

ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބާސެލޯނާގެ ހިންގުމުގެ ދޯދިޔާކަމުގެ މައްސަލަތައް ފެންމަތިވެގެން ގޮސް ކުލަބުގެ ކުޅުންތެރިންގެ އިތުބާރުވަނީ ގެއްލިފައިވާ މި ދަނޑިވަޅުގައި ހަ ކުޅުންތެރިއަކު ވިއްކާލުމަށް އެ ޓީމުން ދަނީ މަޝްވަރާ ކުރަމުންނެވެ.

ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު އެއް ކުލަބް ކަމަށްވާ ބާސެލޯނާގެ ކުޅުންތެރިންގެ މުސާރައިން 70 އިންސައްތަ އުނިކުރަން ނިންމި ހިސާބުން މައްސަލަތަކެއް ވަނީ ހޫނުވެފައެވެ. މިގޮތުން ކުލަބުގެ ފައިސާ މެނޭޖްކުރުމުގައި ހަރުދަނާ ވިސްނުންތަކެއް ނެތްކަން ފާހަގަކޮށް ކުލަބުގެ ކުރީގެ ވެރިންނާއި ކުޅުންތެރިންވަނީ ބޯޑަށް ފާޑު ކިޔާފައެވެ. އަނެއްކޮޅުން މި މައްސަލަތަކުގެ ތެރެއިން ކުލަބުގެ ބޯޑުގެ ބައެއް މެންބަރުންވަނީ އިސްތިއުފާވެސްދީފައެވެ. އޭގެ ތެރޭގައި ކުލަބުގެ ނައިބްރައީސްވެސް ހިމެނެއެވެ.

މި ދަނޑިވަޅުގައި ކުލަބުގެ ގިނަ ސީނިއަރ ކުޅުންތެރިންތަކެއް ވިއްކާލާނެކަމަށްވަނީ ބެލެވިފައެވެ. މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން ކުލަބުން ވިއްކާނުލާނެކަން ޔަގީންވަނީ ކެޕްޓަން މެސީ، ޖެރާޑް ޕީކޭ، ފްރެންކީ ޑިޔޮންގ، އޮންޓުއާން ގްރީޒްމަން، އަންސޫ ފަޓީ އަދި ކީޕަރު މާކް އަންދްރޭ ޓަ ސެޓެގަންއެވެ.

ކުލަބުގެ ބާކީ ތިބި ކުޅުންތެރިން ތިބީ ކުރިމަގާއިމެދު ސުވާލު އުފެދިފައެވެ. މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން އިވާން ރަކިޓިޗް އަދި އާރްތޫރޯ ވިދާލް ވިއްކާލުން ގާތެވެ. އަދި ޒުވާން ކުޅުންތެރިންކަމަށްވާ ޓޮޑީބޯ، އުސްމާނޭ ޑެމްބެލޭ، މޫސާ ވަގޫ އަދި ޖޫނިއޯ ފިރްޕޯ ވިއްކާލުމަށް ކުލަބުން ތިބީ ތައްޔާރަށެވެ. މި ކުޅުންތެރިންގެ ތެރެއިން ވިދާލް އަދި ރަކިޓިޗް ބާސެލޯނާ ދޫކޮށްލަން ބޭނުންނުވާކަންވަނީ ދާދިފަހުންވެސް ހާމަކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!