ޚަބަރު

ސަރުކާރަށް ފާޑުކިޔައިގެން ސަސްޕެންޑްކުރި ޕްރިންސިޕަލަކު ލިޔުންތައް އާންމުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

މި ސަރުކާރަށް ފާޑުކިޔައިގެން ވަޒީފާ އިން ސަސްޕެންޑް ކުރި ކުރީގެ ޕްރިންސިޕަލަކު އޭނާ އަށް އެޑިއުކޭޝަން މިނިސްޓްރީން ދީފައިވާ އިންޒާރުގެ ލިޔުންތައް މީސް މީޑިއާގައި އާއްމުކޮށްފިއެވެ.

Ads by Sosun Fihaara

އޭނާ މި ލިޔުން ހިއްސާކޮށްފައި މިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އަބުރު ކަތިލިކަމަށް ބުނެ ވަޒީފާއިން ވަކިކުރުމަށް ޗިޓް ފޮނުވި އެމްޕީއެލްގެ ދަށުން ހިންގަމުން އަންނަ ހިތަދޫ ޕޯޓްސްގެ މުވައްޒަފަކު އިއްޔެ ވަނީ މީސް މީޑިއާގައި އެ ލިޔުން ހިއްސާ ކޮށްފައި ވަނިކޮށެވެ.

އޭނާއަށް އެންމެ ފުރަތަމަ ފޮނުވި ޗިޓްގައި ބުނެފައިވަނީ، ޝޯޝަލް މީޑިއާގައި އޭނާ ދެ ރައީސުންގެ އަނބުރު ކަތިލިކަމަށެވެ. ނަމަވެސް ދެވަނަ ފަހަރަށް ފޮނުވި ޗިޓްގައި ބުނެފައިވަނީ ވަޒީފާއިން ވަކިކުރަނީ ކުންފުނީގެ ކޯޑް އޮފް ކޮންޑަކްސްއާ ހިލާފުވެގެން ކަމަށެވެ. ދެ ޗިޓުވެސް ފޮނުވާފައިވަނީ އިއްޔެގެ ތާރީހުގައެވެ.

އެކަމާ ގުޅިގެން ފަހުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ރައީސް ސޯލިހު އާއި ރައީސް ނަޝީދުގެ އަބުރު ކަތިލިކަމަށް ބުނެ ވަޒީފާއިން ވަކިކުރުމަށް ޗިޓް ފޮނުވުނީ އިދާރީ އޮޅުމަކުން ކަމަށެވެ.

މިފަހަރު ވަޒީފާ އިން ސަސްޕެންޑް ކުރި ޕްރިސިޕަލް ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ 10 އަހަރު ތައުލީމީ ދާއިރާގައި ހޭދަކުރެވުނު އިރު އެއްވެސް ކަމެއް ރަނގަޅު ކުރާކަށް ސިވަލް ސާވިސްގެ އޮނިގަނޑުގެ ތެރެއިން އަންގާފައި ނުވާ ކަމަށާއި ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސްގެ ފައިންޕުޅު ދެކިލަން ގެނެސް ސަސްޕެންޑު ކުރީ ކަމަށެވެ.

އެކަން ކުރީ އެއްވެސް އޮއްޓަރެއް ނުހިމެނޭ ވާހަކަތަކެއް ލިޔެގެން ޕާޓީ ކުދިން ލައްވާ ހުށަހަޅައިގެން ކަމަށެވެ. އަދި އޭގައި ހުރި ކަންކަން ތެދު ދޮގު ބަލައި ތަހުގީގުކޮށްލަން ދާނެ ހިތްވަރެއް ވެސް މިނިސްޓްރީގެ ނެތް ކަމަސް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ އެގޮތަށް އެތައް ޕްރިންސިޕަލުންނާއި ލީޑިން ޓީޗަރުންނާއި ޓީޗަރުންގެ މަގާމު ދަށްކޮށް ސަސްޕެންޑު ކޮށް މައްސޫލިއްޔަތުން ދުރުކޮށްފައިވާ ކަމަށެވެ.

އެއީ ހުސް އިދާރީ އޮޅުމަކުން ވާ ކަންތައްތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!