މުނިފޫހިފިލުވުން

ހުރިހާ ރޮނގެއް އެއްކޮށްލާފަ ބެލިޔަސް އަލީ ރަމީޒް ހޯދިވަރުގެ މަގުބޫލުކަމެއް ހޯދި ދިވެެއްސަކު ނެތް: ނަހުލާ

ދެން އެމްވީ ، ދެން އޮންލައިން

މިދިޔަ ހަފްތާގައި މުނިފޫހިފިލުވުމުގެ ދާއިރާއަށް ބަލާލިއިރު، އެންމެ ހޫނު އެއަ ޚަބަރަކަށްވެފައިވަނީ ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެމީހަކަށް އަދިވެސް ގިނަ ބަޔަކު އިޚްތިރާމްކުރާ އަލީ ރަމީޒުއަށް، މޯލްޑިވިއަން އައިޑޮލް އިން ތަޢާރަފްވި ހަސަން އިރުފާނު (ޒަކިއްޓެ) ފާޑުކީ ޚަބަރުންނެވެ.

Ads by STELCO

ޒަކިއްޓެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމް ހޯދާފައިވާ، އަލީ ރަމީޒްގެ ކެރިއަރުގައި ކިޔާފައިވާ ގިނަ ލަވަތަކަކީ އެހެން އާޓިސްޓުންގެ ލަވަތަކުން "އިރާލައިގެން" ކޮށްފައިވާ މަސައްކަތްތަކެއް ކަމަށެވެ. ޒަކިއްޓެ މާނަ ކޮށްފައިވަނީ އަލީ ރަމީޒް ކިޔާފައިވާ ގިނަ ލަވަތަކަކީ ކޮޕީ ރާގަށް ކިޔާފައިވާ ލަވަތަށް ކަމަށެވެ.

މިހާރުވެސް ގިނަ ބައެއްގެ ހިތްތަކުގައި ރަސްކަން ކުރަމުން އަންނަ އަލީ ރަމީޒް އާއި ބެހޭގޮތުން އެފަދަ ބަސްތަކެއް ބުނުމުން ގިނަ ދިވެހިން ވަނީ ޒަކިއްޓެއަށް ވަރަށް ބޮޑަށް ނުރުހުންފާޅުކޮށް، ފާޑުކިޔާފައެވެ.

އޭނާއަށް ނުރުހުންފާޅު ކުރި މީހުންގެ ލިސްޓަށް މިހާރު މިވަނީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ފިލްމު ޕްރޮޑިއުސަރ ފާތިމަތު ނަޙުލާ ވެސް އިތުރުވެފައެވެ.

ގޯހެއް ހެދިއްޖެ ކަމަށްބުނެ ޒަކިއްޓެ މާފަށް އެދިފައިވާ ޚަބަރެއް ހިއްސާ ކުރަމުން ނަހުލާ ބުނެފައިވަނީ އެއީ ހުރިހާ ފަންނާނުންވެސް އިބުރަތެއް ކަމުގައި ދެކުން ރަނގަޅު ކަމަށެވެ.

މީގެ އިތުރުން ނަހުލާ ބުނެފައިވަނީ ހުރިހާ ރޮނގެއް އެއްކޮށްލާފަ ބެލިޔަސް އަލީ ރަމީޒް ހޯދިވަރުގެ މަގުބޫލުކަމެއް އެހާ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ހޯދި ދިވެއްސަކު ނެތް ކަމަށެވެ.

"ތެދައް ބުނަންޏާ ހުރިހާ ގޮތަކުން ވެސް އަލީ ރަމީޒް ވަރުގެ މީހަކު މިރާއްޖެއަކު ނުއުފެދޭ. އަދި ހުރިހާ ރޮނގެއް އެއްކޮށްލާފަ ބެލިޔަސް އަލީ ރަމީޒް ހޯދިވަރުގެ މަގުބޫލުކަމެއް އެހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހޯދި ދިވެއްސަކު ވެސް ނެތް." ނަހުލާ ބުންޏެވެ.

މީގެއިތުރުން ނަހުލާ ބުނީ އެއިރު ގިނައިން ކިޔާއުޅުނީ ކޮޕީ ރާގުތައް ކަމަށްވުމުން، ލަވަކިޔުންތެރިއެއްގެ ހައިސިއްޔަތުން އެރާގުތަކަށް އަލީ ރަމީޒް ލަވަކީކަމަށެވެ. އަދި މިހާރުވެސް ލަވަ ކިޔާނަމަ އަމިއްލަ ރާގުތައްވެސް ދެވަނައެއް ނެތް ފަދައިން ކިޔާލާނެ ކަމަށްވެސް ނަހުލާ ބުންޏެވެ.

"ލަވަ ފެޅިޔަސް މުގުރިޔަސް އެވަރެއް ނެތް. އަމިއްލަ ރާގު ކިޔަން ދިމާކުރިޔަސް އެވަރެއް ނެތް. ޑިސިޕްލިން އަށް ބެލިޔަސް މިސާލެއް ނެތް" އަލީ ރަމީޒް އަށް ތައުރީފު ކުރަމުން ނަހުލާ ބުންޏެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!