ޚަބަރު

މަޖިލީހުގައި ގައިދުރުކަން ނަގާލި މެމްބަރުންގެ މައްޗަށް ދައުވާކުރަން ޖެހޭ: ހައިލަމް

ދެން އެމްވީ ، ދެން އޮންލައިން

މި މަހުގެ ދެވަނަ ދުވަހުގެ ރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި ހިނގާދިޔަ ހަމަނުޖެހުންތަކުގެ ތެރެއިން އިޖްތިމާއީ ގައިދުރުކަން ނަގާލި މެމްބަރުންގެ މައްޗަށް ދައުވާކުރަން ޖެހޭ ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ގާނޫނުއަސާސީ އިސްލާހު ކުރުމަށް އެ ރޭ މެންދަމު ބޭއްވި ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ނަން އިއްވައި ތަޅުމުން ނުކުތުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެންގެވުން އޭނާ އެކަމަށް ދެކޮޅު ހެދުމުން އެޗްޕީއޭގެ ގައިޑްލައިނާއި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރުގެ އަމުރުތަކަށް ބެލުމެއް ނެތި މެމްބަރުން އޭނާގެ ގަޔަށް އަރައިގަތެވެ. އަދި އަޅައިގެން ތިބި މާސްކުތައް ވެސް އެއްލާލާފައި އިޖްތިމާއީ ގައިދުރުކަން ވަނީ ނަގާލާފައެވެ.

އެކަމާ ގުޅިގެން ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެޗްޕީއޭގެ އެންގުމާ ޚިލާފަށް މަގުމަތީގައި އުޅޭ ފަރާތްތަކުގެ މައްޗަށް ދަޢުވާކުރާ އުޞޫލުން، އެޗްޕީއޭގެ އެންގުމާ ޚިލާފަށް މަޖިލީހުގައި ގައިދުރުކަން ނަގައިލި މެންބަރުންގެ މައްޗަށްވެސް ޢުޤޫބާތުގެ 533 މާއްދާގެ ދަށުން ޤާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާކުރަންޖެހޭ ކަމަށެވެ.

މިހުރިހާ ކަމެއް ހިނގައި ދިޔުމުން އެޗްޕީއޭއިން އަޅާ ފިޔަވަޅުތައް އެޅުމުގައި ތަފާތު ކުރުން އޮންނަ ކަމުގެ ތުހުމަތު އާންމުގެ ފަރާތުން މިވަނީ ކުރަން ފަށައިފަ އެވެ. ނުރައްކާތެރި ބަލިމަޑު ކަމުގެ ހާލަތުގައި މެމްބަރުން އުޅުނު ގޮތުން އާންމުންގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!