Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ބިޒްނަސް ޕާމިޓަށް އެދުމުގެ ފުރުސަތު ހުޅުވާލިތާ 12 ގަޑިއިރުތެރޭ 21653 ހުއްދަ ދޫކޮށްފި!

ބިޒްނަސް ޕާމިޓަށް އެދުމުގެ ފުރުސަތު ހުޅުވާލިތާ 12 ގަޑިއިރުތެރޭ 21653 ހުއްދަ ދޫކޮށްފި!

ބިޒްނަސް ޕާމިޓަށް އެދުމުގެ ފުރުސަތު ޕޮލިސް ޕޯޓަލް މެދުވެރިކޮށް ހުޅުވާލިތާ 12 ގަޑިއިރުގެ ތެރޭގައި 21،653 ހުއްދަ ދޫކޮށްފައިވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ހުއްދައަށް އެދުމުގެ ފުރުސަތު އިއްޔެ ހަވީރު ހުޅުވާލާފައިވާއިރު މާލެ ސަރަޙައްދަށް އިއުލާނު ކޮށްފައިވާ ފުރަބަންދަށް ލުއިދިނުމާއި ގުޅިގެން ހުއްދަ ދިނުމަށް ފުލުހުން ގެންގުޅެމުން އައި އުސޫލަށްވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ.

މިކަމާއި ގުޅޭގޮތުން ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ދެއްވި ލުއިތަކާ ގުޅިގެން ފާއިތުވި 12 ގަޑިއިރުގެ ތެރޭގައި ފުލުހުންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް، 1927 ވިޔަފާރިއަކަށް 21،653 ހުއްދައެއް ޖެނެރޭޓްކޮށް، ދޫކޮށްފައިވާ ކަމަށެވެ.

Advertisement
HDC — Sidebar (box)

މިހުއްދަތަކާއެކު މިހާރު ގްރޭޓާ މާލެ ސަރަޙައްދުގައި އިޤްތިސޯދީ މަސައްކަތް ކުރިއަށް ގެންދަން އިތުރު 11،826 މީހަކަށް މަގުތަކަށް ނުކުތުމުގެ ހުއްދަ ދެވިފައިވާ ކަމަށް ވެސް ސީޕީ ހަމީދު ވިދާޅުވެފައިވެއެވެ.

އެކި ވިޔަފާރިތަކަށް ފުލުހުން ހުއްދަ ދޫކުރަމުން އަންނަނީ އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އެޕްލިކޭޝަން ތަކަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް