ހަމަނުޖެހުންތަކާ ގުޅިގެން ތިލަފުށީން ހައްޔަރުކުރި މީހުންގެ ބަންދަށް 7 ދުވަސް

ތިލަފުށީގައި އައިމާ ކޮންސްޓްރަކްޝަންގެ ފަރާތުން ބައިތިއްބާފައި ތިބި އިންޑިއާ މީހުންނާއި ފުލުހުންނާއި ދެމެދު ކުރިމަތިލުން ތަކެއް ހިނގާ ހައްޔަރުކުރި މީޙުންގެ ތެރެއިން މިހާރު ހައްޔަރުގައި ތިބި ހަތް މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
މި މަހުގެ ދެވަނަ ދުވަހުގރ މިއަދު ހަވީރު ތިލަފުށީގައި ފުލުހުންނާއި ބިދޭސީންތަކެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 133 މީހުންގެ ތެރެއިން މިހާރު ހައްޔަރުގައި ތިބީ އިންޑިއާއަށް ނިސްބަތްވާ ހަތް މީހެކެވެ.
ފުލުހުން ބުނީ އެ ހަތް މީހުންގެ ބަންދަށް 7 ދުވަސް ޖަހާފައިވާ ކަމަށެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ހަމަނުޖެހުން ހިނގަން މެދުވެރިވީ ބިދޭސީންނާއި އެފަރާތްތަކުންގެ ސްޕޮންސާއާ ދެމެދު ހިންގި ހިތްހަމަނުޖެހުމެއްގައި ސްޕޮންސަރުގެ ގޯޑައުންއަށް ގެއްލުން ދޭ މައްސަލާގައި ފުލުހުން އެ ރަށަސް ދިއުމާ ގުޅިގެން ކަމަށެވެ.
އެ ހަމަނުޖެހުން ކޮންޓްރޯލު ކުރަން އުޅުމުގެ ތެރޭގައި ދެ ފުލުހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.