އަމިއްލައަށް މަޖާ ވާ މީހުން ދެކެ ކައި ވަރަށް ފޫހިވޭ
އަމިއްލަ އާ މަޖާ ވާ ވެގެން އުޅޭ މީހުން ދެކެ ވަރަށް ފޫހިވާ ކަމަށް މަޝްހޫރު މޮޑެލް ، ކައިޒީން (ކައި) ބުނެފިއެވެ.
ކައިޒީން މިހެން ބުނީ ބައިސްކޯފުން ގެނެސްދިން ލޮކްޑް އަޕް ވިތް ޝޯ ގައި ކުރި ކައި ގެ ސަމާލުކަން ލިބޭނީ ކޮން ސިފަ ތަކެއް ހުރުމުން ކަމަށް އެހި ސުވާލެއްގެ ޖަވާބުގައެވެ.
އެ ސުވާލުގެ ޖަވާބުގައި ކައި ވަނީ ކައި ގެ ސަމާލުކަން ހޯދަން އެހާ ފަސޭހަ ނުވާނެ ކަމަށް ވެސް ބުނެފައެވެ. ނަމަވެސް ކިރިޔާވެސް ސަމާލުކަމެއް ހުއްޓޭނީ މަޑުމައިތިރި މީހުނަށް ކަމުގައި ކައި ބުނެފައިވެއެވެ.
އަދި އަމިއްލައަށް މަޖާ ވާ މީހުންނަކީ ވަރަށް ފޫހިވާ ބައެއް ކަމުގައި ކައިޒީން ބުނެފައިވެއެވެ.
މީގެ އިތުރުން ސޯޝަލް މީޑިއާ ގައި އެހެން މީހުނަށް ބުލީ ކުރާ މީހުނަށް ވެސް ކައިޒީން ވަނީ އޭނާގެ މެސެޖެއް ދީފައެވެ. އެގޮތުން ކައިޒީން ބުނެފައިވަނީ ބުލީ ކުރުމަކީ ވަރަށް ދެރަކޮށް ހިނގާ ކަމެއް ކަމަށެވެ. އަދި ބުލީ ކުރާ މީހުނަށް އެއީ ކިހާ ދެރަކޮށް ހިނގާ ކަމެއް ކަން އިހުސާސް ވާނީ އޭނާގެ އާއިލާއަށް ވެސް އެފަދަ ކަމެއް ދިމާވުމުން ކަމުގައި ކައި ބުނެފައިވެއެވެ.
އަދި މިހާރު ހުރި ރައީސް އަށް ވަރަށް ގިނަ މީހުން އެއްޗެހި ކިޔާ ބުލީ ކޮށް ހަދާ ކަމަށާއި ނަމަވެސް ކިތަންމެ ބަޔަކު އެއްޗެއްހި ކީ ކަމުަގައިވިޔަސް އެއީ މީހުންގެ ލޯބި ލިބިގެން އައިސް ހުރި 'ޕްރެޒިޑެންޓް' ކަމުގައި ކައިޒީން ވަނީ ބުނެފައެވެ.