ޚަބަރު

އިސްލާމްދީނުގެ އަސާސީ ކަންކަމުގައި ދެޖިންސުގެ ތަފާތެއް ނެތް : ޑރ.ޝަހީމް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އިސްލާމް ދީނުގެ އަސާސީ ކަންކަމުގައި ދެ ޖިންސުގެ ތަފާތެއް ނެތް ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޝަހީމް މިހެން ވިދާޅުވީ އަދާލަތު ޕާޓީގެ ލީޑަޝިޕަށް އަންހެނަކު އައްޔަން ނުކުރެވޭ ގޮތަށް އެ ޕާޓީގެ ގަވައިދުގައި ކަނޑައަޅާފައި އޮތުމުން އެކަމާ ގުޅިގެން ގިނަ ބަޔަކު އެ ޕާޓީއަށް ފާޑުކިޔަމުން އަންނަ ދަނޑިވަޅެއްގައެވެ.

ޝަހީމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އިސްލާމީ އުންމަތުގެ ތާރީޚުގެ އެކި މަރުޙަލާތަކަށް ބަލާއިރު ޢިލްމީ، އިޖްތިމާޢީ، އިޤުތިޞާދީ، ޞިއްޙީ، ތަފާތު ދާއިރާތަކުން އަންހެންކަނބަލުންގެ ޚިދުމަތް ފެނިފައި ވާ ކަމަށާއި އިސްލާމީ ޙަޟާރަތު ކުރިއެރީ ދެ ޖިންސުގެ ހިއްސާ އޮވެގެން ކަމަށެވެ.

އަދި ޤައުމު ބިނާކުރުމާއި އިސްލާމީ ޙަޟާރަތު ކުރިއެރުވުމުގައި، އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ މަގުން، ޢިލްމީ ޤާބިލް ތަޖުރިބާހުރި އަންހެންބޭފުޅުންނަށް އިންސާފުވެރި ފުރުޞަތު އޮތުމަކީ އިސްލާމީ ތަޞައްވުރުގެ ފުރިހަމަކަން ރަމްޒުކޮށްދީ ޢާލަމީ ވަންތަކަން ކަށަވަރުވާނެ ކަމެއް ކަމުގައި ޝަހީމް ފާހަގަ ކުރެއްވިއެވެ.

"ޝަރުޢީ ތަކުލީފުތަކުގައްޔާއި ކުށްކުރުމުން ޢުޤޫބާތް ދިނުމުގައްޔާއި ހެޔޮ ޢަމަލު ކުރުމުން ސަވާބު ދެއްވުމުގައި އިސްލާމްދީނުގެ މިފަދަ އަސާސީ މަބާދިއުތަކުގައި ދެ ޖިންސުގެ ދެމެދުގައި ތަފާތުތަކެއް އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައި ނުވޭ." ޝަހީމް ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ އަސާސީ ގަވައިދު ބުނާ ގޮތުން ޕާޓީގެ ރައީސްކަމާއި ނައިބު ރައީސްކަމަށް ކުރިމަތި ލެވޭނީ ފިރިހެނުންނަށް އެކަންޏެެވެ.

އަދާލަތު ޕާޓީގެ ރައީސް ކަމަށާއި ނައިބު ރައީސް ކަމަށް އަންހެނުންނަށް ކުރިމަތި ނުލެވޭ ގޮތަށް އަސާސީ ގަވައިދުގައިވާނަމަ، އެކަން މުރާޖާކުރަން އަންގާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ ބުނެފައެވެ.

Ads by HDC
  1. ޝަހީމޫ ތިޔައީ އެންމެވ ތަކުން ދަންނަ ބާވާހަކައެއް ނުންތޯ ނިކަން އާ ވާހަކައެއް ދައްކާބަލަ ؟