Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އަލްޙަމްދުލިﷲ، ލ. ގަމުން ނެގި 95 ސާމްޕަލް ކޮވިޑަށް ނައްސި!

އަލްޙަމްދުލިﷲ، ލ. ގަމުން ނެގި 95 ސާމްޕަލް ކޮވިޑަށް ނައްސި!

ލ.ގަމުން ނެގި 95 ރޭންޑަމް ސާމްޕަލް ވެސް ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަށް ނައްސި ވެފައިވާ ކަމަށް، ގަން ރީޖަނަލް ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

މީސްމީޑިއާގައި މިކަމާއި ގުޅިގެން އެހޮސްޕިޓަލުން އާއްމުކޮށްފައިވާ ޕޯސްޓެއްގަައި ބުނެފައިވަނީ ގަމުން ރޭންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް 1 ޖޫން 2020 ވީ ހޯމަ ދުވަހު ނިމިފައިވާއިރު، ނެގުނު 95 ސާމްޕަލް ވެސް ކޮވިޑަށް ނައްސި ވެފައިވާ ކަމަށެވެ.

މިމަސައްކަތުގައި ބައިވެރިވި އެހޮސްޕިޓަލުގެ މުވައްޒަފުންނާއި ވޮލަންޓިއަރުން އަދި އެއްބާރުލުން ދެއްވި އެރަށުގެ އާއްމު ރައްޔިތުންނަށް، ހޮސްޕިޓަލުގެ ފަރާތުން ވަނީ ޚާއްސަ ޝުކުރެއް އަދާ ކޮށްފައެވެ.

Advertisement
Allied — Dhen Online (box)

މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދާލުމަށް "ދެން" ގެ ފަރާތުން މަސައްކަތް ކުރިނަމަވެސް، އެހޮސްޕިޓަލުގެ އިސް ފަރާތަކާއި ގުޅޭގޮތް ނުވުމުގެ ސަބަބުން އެފަރާތުގެ ބަހެއް ވަނީ ހިމަނާނުލެވިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް