ކުޅިވަރު

ލޮކްޑައުންގައި އިންސްޓަގްރާމުން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ރޮނާލްޑޯއަށް

ދެން އެމްވީ ، ދެން އޮންލައިން

ލޮކްޑައުންގެ ދެމަސްދުވަހު އިންސްޓަގްރާމުން އެންމެ ބޮޑު އާމްދަނިއެއް ލިބުނީ ކްރިސްޓިއާނޯ ރޮނާލްޑޯއަށްކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by MWSC

ދުނިޔޭގެ މަޝްހޫރު ހުރިހާ އެތްލީޓުން ވެސް ކޯވިޑް-19ގެ ސަބަބުން ލޮކްޑައުންކޮށްފައި އޮތް ދުވަސްވަރު ސޯޝަލް މީޑިޔާއިން ފެނުނީ ވަރަށް ޙަރަކާތްތެރި ކޮށެވެ. މިދުވަސްވަރު އެކި އެކައުންޓްތަކުގައި ފޮލޮވާސްގެ އަދަދު ގިނަވިއިރު، ޕޯސްޓްތައްވެސް ފެނުނީ އެހެން ދުވަސްތަކާއި އަޅާބަލާއިރު ގިނަކޮށެވެ. މިގޮތުން ސޯޝަލް މީޑިޔާގައި އެންމެ އެކްޓިވްކޮށްފެނުނީ ފުޓްބޯޅަ ތަރިންނެވެ.

އިންސްޓަގްރާމްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވަނީ ބޮޑު އާމްދަނީއެއް މިދިޔަ ދެ މަސްދުވަހު ލިބިފައެވެ. އިންސްޓަގްރާމްގައި 219 މިލިއަން މީހުން ރޮނާލްޑޯ ފޮލޯކުރެއެވެ. އޭނާއަށް މާޗް 12އިން މެއި 14އާއި ހަމައަށް ޖުމްލަ 1.9 މިލިއަން ޕައުންޑް ލިބުނެވެ. ރޮނާލްޑޯ އެންމެ ގިނައިން ޕޯސްޓްކޮށްފައިވަނީ ފިޓްނަސް ޕޯސްޓްތަކާއި، އާއިލާއާއެކު ވަގުތު ހޭދަކުރި ގޮތުގެ ޕޯސްޓްތަކެވެ.

ދެވަނައިގައި އުޅެނީ 1.3 މިލިއަން ޕައުންޑްގެ އާމްދަނީއެއް ލިބުނު ލަޔަނަލް މެސީއެވެ. 151 މިލިއަން މީހުން އިންސްޓަގްރާމްގައި މެސީ ފޮލޯކުރެއެވެ. ތިންވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ބްރެޒިލްގެ ތަރި ނޭމާއަށެވެ. 138 މިލިއަން މީހުން ފޮލޯކުރާ ނޭމާއަށް ލިބުނީ 1.2 މިލިއަން ޕައުންޑެވެ.

ގަދަ ދިހައެއްގައި ދެން ހިމެނޭ ތަރިންނަކީ ބާސްކެޓް ތަރި ޝެކީލް އޮނީލްގެ އިތުރުން ޑޭވިޑް ބެކަމް، ވިރާތް ކޯލީ، ޒްލަޓާން އިބްރަހިމޮވިޗް، ޑްވޭން ވޭޑް، ޑެނީ އަލްވޭސް އަދި އެންތަނީ ޙޯޝުއާއެވެ

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!