ދުނިޔެ

ޖެކްމާ ގެއްލުނީ ޗައިނާގެ ސަރުކާރަށް ފާޑުކީތާ މާ ގިނަ ދުވަހެއް ނުވަނީސް!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ފެށިގެން އައި އައު އަހަރާއެކު މުޅި ދުނިޔެ ސިއްސުވާލި އެއް ޚަބަރަކީ އަލީ ބާބާގެ ކޯ އޯނަރ އަދި ކުރީގެ ޗެއަރމަން ބިލިއަނަރު ޖެކް މާ ގެއްލިގެން އުޅޭ ހަބަރެވެ.

Ads by WAMCO

ރިޕޯޓްތައް ބުނާ ގޮތުގައި ޖެކްމާ ގެއްލިފައި ވަނީ މީގެ ދެމަސް ދުވަސް ކުރިން އޮކްޓޯބަރު މަހުގެ ތެރޭގައެވެ.  ގެއްލިފައި ވަނީ ކީއްވެގެން ކަމެއް އަދި އަދަށް ދާން ދެން ވެސް އެއްވެސް މީހަކަށް ސާފު ވެފައެއް ނުވެއެވެ. ނަމަވެސް އޭނާ ގެއްލިފައި ވަނީ އޭނާގެ އަމިއްލަ ޝޯވ އެއް ކަމަށްވާ "އެފްރިކާސް ބިޒްނަސް ހީރޯސް"ގެ ފަހު ޝޯވގެ ފަނޑިޔާރު ކަމަށް ދިއުމަށް އޭނާ ނުކުޅެދިފައި ވަނިކޮށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޖެކްމާ ގެއްލިފައި ވަނީ ޗައިނާގެ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ކިޔާފައިވަނި ކޮށް ކަމަށެވެ. އެގޮތުން މިދިޔަ އޮކްޓޯބަރު މަހު ބޭއްވި އިވެންޓެއްގައި ފާޅުކަން ބޮޑު ގޮތެއްގައި ޗައިނާގެ ސަރުކާރުން ޗައިނާގެ ބޭންކުތަކާމެދު ގެންގުޅޭ ސިޔާސަތުތަކަށް ޖެކްމާ ވަނީ ފާޑު ކިޔާފައެވެ. އޭނާ ބުނެފައި ވަނީ، ސަރުކާރުން އުޅެނީ ބޭންކުތައް "ޕަޕެޓް" ތަކަކަށް ހެދުމަށް ކަމަށާއި އެމީހުންގެ ބޭރު ސަރުކާރަށް ވުރެ ގަދަ ކަމަށެވެ.

ޖެކްމާގެ އަމިއްލަ ޝޯވ "އެފްރިކަން ބިޒްނަސް ހީރޯސް"ގެ ފަހު ޝޯވ އަށް ފަނޑިޔާރު ކަން ކުރުމަށް އޭނާ ނުކުޅެދިފައިވާއިރު އޭނާގެ ފޮޓޯ ވެސް ވަނީ އެ ޝޯވގެ ވެބްސައިޓުން ނަގާފައެވެ. އަދި މިހާތަނަށް ވެސް ޖެކްމާ ގެ މައުލޫމާތެއް އެއްވެސް ބަޔަކަށް އެނގިފައި ނުވާއިރު މުޅި ދުނިޔެ ވެސް ކެތް މަދުވެފައި ވަނީ ޖެކްމާ ހުރި ތަނެއް އެނގުމަށެވެ.

 

Ads by Ooredoo
  1. އަހުސަން

    މަރާލިކަންނޭގެެ ޗައާ އިން