ލައިފްސްޓައިލް

އަލީފް އެދެނީ "ލީފްފޮޓޯސް"، ބްލެކްމެއިލަރުންގެ އަތުން އަނބުރާ ހޯދުމުގައި އެހީތެރިވެދިނުމަށް!

ދެން އެމްވީ ، ދެން އޮންލައިން

ފްރީލޭންސްކޮށް ފޮޓޯ ނަގައި ދިނުމުގައި ނުވަ އަހަރަށްވުރެ ގިނަ ދުވަސް ހޭދަ ކޮށްފައިވާ މަޝްހޫރު ފޮޓޯގްރާފަރ މުޙައްމަދު އަލީފް (24އ.) އޭނާގެ ވިޔަފާރީގެ ބޭނުމަށް އިންސްޓަގްރާމްގައި ހިންގަމުން އަންނަ "ލީފް ފޮޓޯސް" ހެކް ވެއްޖެއެވެ.

Ads by STELCO

މިކަމާއި ގުޅޭގޮތުން އަލީފް "ދެން" އަށް މައުލޫމާތު ދެމުން ބުނީ، އެއެކައުންޓް ހެކްވިކަން އެނގުނީ އިއްޔެ މެންދުރުފަހު 3:45 ހާއިރު ކަމަށެވެ. އަދި އެއެކައުންޓު ހެކްކުރި މީހުން އަލީފް އަށް ބެލްކްމެއިލް ވެސް ކުރަމުން އަންނަ ކަމަށެވެ.

"އެމީހުން ބުނަނީ ފައިސާ ދޭށޭ. އެކި ފަހަރު އެކި އަދަދު ބުނަނީ ވެސް. ފައިސާ ނުދެންޏާ ތިމަންނަމެން އޭގައިހުރި ފޮޓޯތަކާއި އެއްޗެހި ޑިލީޓް ކުރާނެ ކަމަށާއި އެކައުންޓު ވެސް އެއްކޮށް ޑިލީޓް ކޮށްލާނަމޯ މެއިލް އަށް ރެސްޕޮންޑް ނުކުރަންޏާ. އެކައުންޓް ޑިލީޓް ކުރުމަށްފަހު އިންސްޓަގްރާމް މެދުވެރިކޮށް ވެސް އަލުން އެއެކައުންޓް ނުލިބޭނެ ކަމަށް ބުނަނީ" އަލީފް ބުންޏެވެ.

"ލީފް ފޮޓޯސް" އެއެކައުންޓުގައި ބައިވަރު ރިސޯޓުތަކަށް ނަގައިދީފަ ހުރި ފޮޓޯތަކާއި، ބައެއް ކްލައިންޓުންނަށް ނަގައިދީފަ ހުރި ފޮޓޯތަކާއި އެއްޗެހި ހިމެނޭނެ ކަމަށާއި އަދި އަމިއްލަ ބައެއް ފޮޓޯތަށް ވެސް ހިމެނޭނެ ކަމަށް އަލީފް ބުންޏެވެ.

އޭނާގެ އެއެކައުންޓް އަނބުރާ ހޯދުމަށް މިހާރު އަލީފް ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅާފައެވެ. އިތުރު ތަހުގީގަށް ފުލުހުން ގުޅާނެ ކަމަށް ބުނެފައިވާއިރު، "ލީފްފޮަޓޯސް" އެކައުންޓް އަނބުރާ ހޯދުމަށްޓަކައި އަލީފް އިންސްޓަގްރާމް އަށް ވެސް 50 ވަރަކަށް މެއިލް ކުރި ކަމަށް އޭނާ ބުންޏެވެ.

"އިންސްޓަގްރާމް އަށް މިހާރު ގާތްގަނޑަކަށް 50 ވަރަކަށް މެއިލް ކުރެވިއްޖެ. އަދިވެސް ރެސްޕޮންސެއް ނުލިބޭ. އޭގެ އިތުރުން ބޭރު ރަށްޓެހި ފޮޓޯގްރާފަރުންނާއި އިންފްލުއެންސް އާއި ރަށްޓެހިންނާއި ވާހަކަ ދައްކައިގެން ވެސް ވޭތޯ މިބަލަނީ. އެމީހުން ލައްވާ އިންސްޓަގްރާމް އަށް ރީޗްވެވޭތޯ" އެކައުންޓް ހޯދުމަށްޓަކައި ކުރަމުން އަންނަ ބުރަ މަސައްކަތްތަށް ކިޔައިދެމުން އަލީފް ބުންޏެވެ.

މިފަދަ ނާތަހުޒީބު ޢަމަލެއް ހިންގި ފަރާތަކީ ކާކު ކަމާއިމެދު އެއްވެސް މީހަކަށް ސީދާ ޝައްކު ނުކުރާ ކަމަށާއި ހީވާ ގޮތުގައި އެއީ އޭނާއާއިމެދު ހަސަދަވެރިވާ މީހަކު ކުރިކަމެއް ކަމަށް ވެސް އަލީފް ބުންޏެވެ.

"ދެން" ގެ ފަރާތުން ވެސް އެދެނީ މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައިބެލި، މިކަމުގެ ފަހަތުގައި ތިބި ބަޔަކު ހޯދައި، އަލީފް އަށް އޭނާގެ ވިޔަފާރި އަނބުރާ ލިބުމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!