ދިގުހެދުން އެޅިގޮތާމެދު ހިތްހަމަ ނުޖެހިގެން ޝިޔާއަށް ފުރައްސާރަކޮށްފި
ދިވެހި ފިލްމީ ދާއިރާއަށް ބަލާލާއިރު، މިހާރު އެންމެ ފިޔަޖަހަމުން އަންނަ އެއް ތަރިޔަކީ، ބައިސްކޯފުން ދެއްކި "ތިން ބިބީ" އިން މިދާއިރާއަށް ތަޢާރަފްވި ވާޝިޔާ މުޙައްމަދު (ޝިޔާ) އެވެ.
ބައިސްކޯފުން ގެނެސްދިން "އެހެނަސް" ގައި ވެސް މުހިންމު ރޯލެއް އަދާކޮށް، އެތައް ސީރީޒަކާއި އިޝްތިހާރު ތަކަކުން ވެސް ޝިޔާ ވަނީ ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދާފައެވެ. އޭނާގެ ހުނަރުވެރި އެކްޓިންގ އާއި ރީތި ބުރުސޫރަ އަށް ތަޢުރީފު ކުރާ މީހުން ގުނާ އަދަދު ނުކުރެވޭހާ ގިނައެވެ.
މީހުންގެ ފަރާތުން ނެގަޓިވް ކޮމެންޓުތަކާ ވެސް ކުރިމަތިލަމުން އަންނަ ޝިޔާ އަށް މިފަހަކަށް އައިސް ތަންކޮޅެއް ގިނައިން މިވަނީ އެފަދަ ކޮމެންޓުތަކާ ކުރިމަތިލާން ޖެހިފައިކަން ފާހަގަ ކުރެވެއެވެ. ގިނަ މީހުން އެންމެ ގިނައިން ފާޑު ކިޔާފައި ވަނީ އޭނާ ހެދުން އެޅުމުގައި ގެންގުޅޭ ގޮތްގަނޑަށެވެ.
އެގޮތުން ސިމްބޮލިކް ރިކޯޑްސް އިން ދާދި ފަހުން ނެރުނު "ކޯވަރެއް" ލަވައިގައާއި ޖެލީ ގެ އިޝްތިހާރެއްގައި ވެސް ޝިޔާ ހެދުން އަޅައިގެން ހުރި ގޮތާމެދު މީހުން ވަނީ ވަރަށް ބޮޑަށް އޭނާއަށް ފާޑުކިޔާ ފުރައްސާރަ ކޮށްފައެވެ.
ޝިޔާއަށް ފުރައްސާރަ ކުރުމުގެ ސިލްސިލާ އެހިސާބަކުން ނުނިމެއެވެ. ދާދި ފަހުން "ހިޔަލަ" ގެ ނަމުގައި މީސްމީޑިއާ އަށް ދޫކޮށްލި ފޮޓޯތަކަކާ ގުޅިގެން ވެސް ބައެއް މީހުން ވަނީ އޭނާއަށް ވަރަށް ފާޑު ކިޔާފައެވެ. އެފޮޓޯތަކުގައި ފެންނަނީ ޝިޔާ އޮރެންޖު ކުލައިގެ ދިގު ހެދުމެއް ލައިގެން ހުއްޓައެވެ. ފާޑުކިޔުން އަމާޒުވީ ދިގު ހެދުން ލައިގެން ހުރުމަކުން ނޫނެވެ. އޭގެން އެއްފޮޓޯގައި، ހެދުމުގެ އެއްސައިޑަކުން ހެދުން ހިއްލައިގެން ހުރެ ފޮޓޯ ނަގާފައި ހުރުމުން ބެލުންތެރިން ވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔާ ފުރައްސާރަ ކޮށްފައެވެ.ދިވެހި ޤައުމީ ހެދުން ލައިގެން އެފަދަ ފޮޓޯތަކެއް ނެގުމުން ބައެއް މީހުން ސިފަކުރީ އެއީ ޤައުމީ ހެދުމަށް ހުތުރު އެރުވުން ކަމުގައެވެ.
ޝިޔާ ބުނި ގޮތުގައި "ހިޔަލަ" އަކީ އޭނާގެ މާމައެވެ. އަދި އޭނާއަށް ދެން އެންމެ ރީތި އެކެކެވެ. އެހެންކަމުން މިފޮޓޯޝޫޓަކީ އޭނާއަށް ގާތް ޝޫޓެއް ކަމަށް ވެސް ބުނެފައިވެއެވެ.
ދިވެހި އެކިއެކި ފަންނާނުންނަށް މީސް މީޑިއާގައި ހަޖޫ ޖަހާ ފުރައްސާރަ ކުރުމަކީ މީސްމީޑިއާ ގައި ވަރަށް އާއްމުކޮށް ކުރަމުން އަންނަ ކަމެކެވެ. ބައެއްފަހަރު މިފަދައިން ފުރައްސާރަ ކުރުމުގައި ބައެއް ދިވެހިން މިންގަނޑުތަކުން މައްޗަށް ދާކަން ވެސް ބައެއް ފަންނާނުން ހިތާމައާއެކު ފާހަގަ ކުރެއެވެ. ހަމަ މިފަދައިން ބައެއް ފަންނާނުން ވެސް ހެދުން އެޅުމުގައާއި އުޅޭ އުޅުމުގައި ދީނީ އިމުން ބޭރުވާކަމާއި، ފާޑުކިޔެނީ އެހެންވެކަން ބައެއް ދިވެހީންވެސް ހިތާމައާއެކު ފާހަގަ ކުރެއެވެ.
ކިތައްމެ ދިގުހެދުނެއް ލެވުނަސް ހެދުން އަރުވައިގެން ވިޔަސް ބަރަހަނާ ވެވޭތޯ ބަލަނީ. ބޯހަލާކު.
ތިވަރަށް ފައިދައްކަން ބޭނުންވާއިރު ކީއްވެ ކުރުހެދުމެއް ނުލީ. ކޮންމެހެން ހެދުން ހިއްލާކަށް ނުޖެހުނީސް ދޯ.
ދިވެހިން ތައުރީފު ކުރާ ގޮތް ވަރަށް ތަފާތު ވާނެ. އެ ވެދާނެ މިހާރު އުޅޭ ކުދިން ތައުރީފު ކޮށް އުޅޭ ގޮތް ކަމަށް ވެސް…
ބަލަ މީ މުސްލިމުންނޭ މުސްލިމުން އުޅެންވާގޮތް އަންގަވާފަ އެބައޮތް ދެފަހަރު ހަމަޔަށް ފިލްމެތް ކުޅެލާއިރަށް އައުރަނިވާ ނުވާވަރު ހެދުންލާފަ އެންމެންނަށް ފެންނަގިތަށް ސޯސަލްމީދިޔާއަށް ލުމަކީ ސަޅިކަމެތްނޫން
އައުރަ ނިވާ ނުކޮއް ތެޅެން ވީ. ﷲ ވެ ހުކުމް ތަކަށް ތަބާނުވެ.. އަންހެނާގެ އައުރަ އަކީ. ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވާކަމުގައި ވިއެވެ. ﴿وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ ﴾ ”އަދި އެކަނބަލުންގެ ބުރުގާތައް އެކަނބަލުންގެ ކަރުވަޅުތަކުގެ މަތީގައި އަޅައި ނިވާކުރާހުށިކަމެވެ.“[ސޫރަތުއް ނޫރު 31]
މިއާޔަތް ބާވައިލެއްވުނު ހިނދު ، އެކަނބަލުންގެ ހެދުމުގެ ތިރި ނަގައި ފަސްބަޔާއި ވީދިމާލުން ބައެއް ބުރިކޮށް ، އޭގެން ނިވާކުރިއެވެ. (އެބަހީ ބޮލާއި ، މޫނު އަދި ކަނދުރާއާއި ކަރުވަޅެވެ.)
[ޞަޙީޙުލްބުޚާރީ 47]
ފަހެ ތިބާގެ މައްޗަށް ތިބާގެ ރައްބު އާޚިރަތުގައި ނިޔާކަނޑައެޅުމުގެ ކުރީގައި ، ތިބާ ތިބާގެ ނަފްސު ދުނިޔޭގައި ޙިސާބު ކޮށްލާށެވެ. އަދި ތިޔަ ނަފްސުވަނީ ކޮންބައެއްގެ ތެރޭގައިތޯ ބަލާށެވެ.
ތިބާ ލައި އުޅޭ ފޭރާމުގެ ތުނިކަމުން ހަށިގަނޑު ފާޅުވާނަމަ ، ތިބާއަކީ ހެދުންލައިގެން އޮރިޔާމާ އުޅޭ މީހެކެވެ. އަދި ތިބާގެ ފޭރާމުގެ ބާރު ކަމުން ވަނާތައް ފާޅުވާނަމަ ، ތިބާއަކީ ހެދުންލައިގެން އޮރިޔާމާ އުޅޭ މީހެކެވެ. ތިބާގެ ހަށިގަނޑުން ބައެއް ނިވާކޮށް އަނެއްބައި ކަޝްފުކޮށްފައި ބަހައްޓާނަމަ ތިބާއަކީ ހެދުންލައިގެން އޮރިޔާމާ އުޅޭ މީހެކެވެ
ހެދުންލުމުގެ މަޤުޞަދަކީ މީސްތަކުންގެ ލޯތަކަށް ހަށިގަނޑު ނިވާކޮށް ފަރުދާކުރުމެވެ. އެއީ ފިރިހެންތަކުން ޒިނޭއާއި ފާޙިޝްކަންތައްތަކުން ދުރުކުރުމަށެވެ. އަދި ޝައިޠާނާގެ ޕްލޭން ފެއިލް ކޮށްލުމަށެވެ. އަދި ﷲ ގެ ރުއްސެވުން ލިބިގަތުމަށެވެ. ތިހެން އުޅެގެން ﷲ ގެ ރުއްސެވުމާ ސުވަރުގޭގެ ވަސް ވެސް ޖެހޭނީ ކިހިނަކުން ތޯ އެވެ.. ﷲ ގެ ހުކުމް އަށް އަމަލު ނުކުރާ މީހަކަށް ސުވަރުގޭގެ ވަސް ވެސް ނުޖެހޭނެ އެވެ.. މީހުން ކުރިމަތީ މަސްހޫރު ވިޔަސް ވާނެ ކަމެއް ނޯންނާނެ..