މުނިފޫހިފިލުވުން

އައިޝްވަރިޔާ އާއި ރަންބީރުގެ މިފޮޓޯތައް ފެނިފައި އަދިވެސް ޖަޔާ ބަޗަން ލޭ ކެކޭ!

ދެން އެމްވީ ، ދެން އޮންލައިން

"ދުނިޔޭގެ ރީތީގެ ރާނީ" ކަމުގެ މަގާމު ހޯދާފައިވާ އައިޝްވަރިޔާ ރާއީ ބަޗަން އާއި ރަންބީރް ކަޕޫރް އެކުގައި ކުޅެފައިވާ ފިލްމު "އޭ ދިލް ހޭ މުޝްކިލް" ގެ ފޮޓޯތައް ފެނުމުން، އައިޝްވާރިޔާގެ މައިދައިތަ ޖަޔާ ބަޗަން އަނެއްކާ ވެސް ރުޅިއައިސްފިއެވެ.

Ads by Sosun Fihaara

ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް ޑައިރެކްޓު ކޮށްފައިވާ ލޯބީގެ މިފިލްމުގެ ފޮޓޯޝޫޓުގައި، އައިޝްވާރިޔާ އާއި ރަންބީރު ފެންނަނީ ވަރަށް ވެސް ގައިގޯޅިކޮށެވެ. އަދި އެފޮޓޯތަކުގައި އައިޝްވާރިޔާ ލައިގެން ހުންނަ ހެދުންތައް ވެސް އެހާމެ ކުރުވެފައި، ހަށިގަނޑުގެ ވަނާތައް ފެނެއެވެ.

"އޭ ދިލް ހޭ މުޝްކިލް" މިފިލްމު 2016 ވަނަ އަހަރު ރިލީޒް ވެފައިވާއިރު، ފިލްމު ރިލީޒްވީ ދުވަސްކޮޅުވެސް ޖަޔާ ހުރީ އައިޝްވާރިޔާ ދެކެ ރުޅިއައިސްފައެވެ. އަދި އޭނާއަކީ "ލަދެއް ނެތް" މީހެއް ކަމަށާއި "ގުޅުންތަކަށް އިހްތިރާމް ނުކުރާ، ނުބަލާ" މީހެއް ކަމުގައިވެސް ޖަޔާ ބުނެފައިވެއެވެ.

ދާދިފަހުން މިފިލްމުގެ ފޮޓޯޝޫޓްގެ ތުރޯބެކް އެއް އިންޑިއާގެ ނޫހަކުން ވެސް ގެނެސްދީފައިވާއިރު، އެފޮޓޯތަކާއި ޚަބަރުވެސް ނެގުމަށް ޖަޔާ ބަޗަން އަމުރު ކޮށްފައިވާ ކަމަށް އެހެން ޚަބަރެއް ގައި ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!