މާލޭގައި ގޭސްފުޅިއެއް ގޮވައިފި

ހެންވެއިރު ގެޔެއްގެ 5 ވަނަ ފްލޯގައި ގޭސްފުޅިއެއް ގޮވައި އެ ސަރަހައްދުގައި އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފް މީޑީއާ އޮފިޝަލު ވިދާޅުވީ މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރު 12:31 ގައި ކަމަށެވެ. ހާދިސާ ރިޕޯޓު ކޮށްފައި ވަނީ އެ ގޭގައި ދިރިއުޅޭ މީހުން އަލިފާން ނިވާލުމަށްފަހު ހޮސްޕިޓަލަށް ދަމުން ކަމުގައި އެމްއެންޑީއެފް އިން ވިދާޅުވެއެވެ.
މި ހާދިސާގައި 2 މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާއިރު މި ދެމީހުންނަށް މިހާރު އަންނަނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންނެވެ.
ހާދިސާ ހިނގަން މެދުވެރިވީ ގޭސްފުޅިއަށް ގުޅާފައިވާ ހޮޅީގެ ނަޓެއް ދޫވެގެން ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.