ލައިފްސްޓައިލް

ހިރުވާތަން ނުކަހާ ހައްލު ހޯދޭނެ ގޮތެއް!

ދެން އެމްވީ ، ދެން އޮންލައިން

ގައި ކެހުމަކީ އާންމު ކަމެކެވެ. މާބޮޑަށް ކަހަންޏާ ހަންގަނޑު ހަލާކުވާ ވަރަށް ހިރުވައިގަތުމަކީ ވެސް ކުރެވޭ ކަމެކެވެ. މިއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

Ads by MWSC

އެމެރިކަން އެކަޑަމީ އޮފް ޑާމަޓޮލޮޖީގައި ޑރ. ހަސަން ގަލަދާރީ މިކަމާ ބެހޭ ގޮތުން ލަފާ ދެއްވާފައިވެ އެވެ.

ހަމުގައި ނަގައި އެކި ފާޑުގެ ބިއްސާއި ފޮޅު އަދި ގައިންގަޔަށް އަރާ ބަލިތަކުގެ ސަބަބުން ވެސް ގައި ކަހަން މެދުވެރިވެދާނެކަން ފާހަގަކުރައްވަމުން ޑރ. ހަސަން ވިދާޅުވެފައި ކަހާތަން ނުހިރުވައި އެހެން ގޮތަކުން ހައްލު ހޯދާ ނަމަ ފަރުވާއަށް ފަސޭހަވާނެ ކަމަށެވެ.

މިއީ ޑޮކްޓަރުގެ ބައެއް ލަފާތަކެވެ.

- ކަހާ ތަނުގައި ތެތް ފޮތިގަނޑެއް ނުވަތަ އައިސް ޕެކެއް އަޅައި 10 ވަރަކަށް މިނެޓް ނުވަތަ ކެހުން ހުއްޓެންދެން ބާއްވާށެވެ. އޯޓްމީލް ބޭނުންކޮށްގެން ފެންވެރުމުން ވެސް ލުއި ލިބޭނެ އެވެ.

- ކެމިކަލް ނުހުންނަ އަދި މީރު ވަސް ދުއްވަން އެއްޗެހި ނާޅައި ހުންނަ މޮއިސްޗަރައިޒާއެއް އުނގުޅާށެވެ.

- މެންތޯލް ކެލަމިން ފަދަ އެއްޗެއް އުނގުޅައިގެން ފިނިކޮށްލާށެވެ. ނުވަތަ އުނގުޅަން ގެންގުޅޭ މޮއިސްޗަރައިޒާ އައިސްއަލަމާރީގައި ބަހައްޓައި ފިނިކޮށްލައިގެން އުނގުޅާށެވެ.

- ނުހިރުވާށެވެ. ހިރުވަންޏާ ހަންގަނޑު ހަލާކުވެ އިންފެކްޓް ވެދާނެ އެވެ.

ތާފަނާ ފެނުން ފެންވެރުމަކީ ވެސް ލުއި ލިބޭ ކަމެކެވެ. އެކަމަކު ހޫނު ފެނުން ފެން ނުވަރާށެވެ. ފެންވަރަން 10 މިނެޓަށް ވުރެ ގިނައިރު ހޭދަ ނުކުރާށެވެ. ގިނައިން ސައިބޯނި ލުމަކީ ވެސް ގޯހެކެވެ. އަދި ވަސް ހުންނަ ލޯޝަން ވެސް ބޭނުން ނުކުރާށެވެ.

ދޫކޮށް ހުންނަ ހެދުން ލުމާއި ގޭތެރޭގެ ފިނިހޫނުމިން އެކަށީގެންވާ ވަރެއްގައި ބެހެއްޓުން މުހިންމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!