ކުޅިވަރު

ލިވަޕޫލުން ބަލަހައްޓައިގެން ތިއްބާ ޗެލްސީއިން ވެސް ވާނާ ހޯދުމުގެ ރޭހަށް

ދެން އެމްވީ ، ދެން އޮންލައިން

ޖަރުމަން ބުންޑަސްލީގާގެ ލިއެޕްޒިގަށް ކުޅޭ ޓިމޯ ވާނާއަކީ ލިވަޕޫލުން މިދިޔަ ދެ ޓްރާންސްފަރގައިވެސް ހޯދަން މަސައްކަތްކުރި ކުޅުންތެރިއެކެވެ. ޖަރުމަން އުއްމީދީ ތަރި ހޯދުމަށް ދުނިޔޭގެ ބޮޑެތި ކުލަބުތަކުން ވިއްދާފައިވާއިރު، މީޑިޔާތަކުން މީގެ ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ ގުޅުން އެންމެ ގާތީ ލިވަޕޫލެވެ. ނަމަވެސް ލިވަޕޫލުން ބަލަހައްޓައިގެން ތިއްބައި ޗެލްސީން ވަނީ ވާނާ ގެންދިޔުމުގެ މަސައްކަތް ބާރު ސްޕީޑްގައި ފަށާފައެވެ.

Ads by Hajj Corporation

ވާނާ ހޯދުމުގެ ރޭހުގައި ޗެލްސީ ކުރިއަށް ޖެހިލީ އޭނާގެ ރިލީސް ކްލޯސްގެ ދައްކަން އެޓީމުން ތައްޔާރުވި ހިސާބުންނެވެ. މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން ކުލަބުންވަނީ ވާނާ ގަންނަން ބިޑެއް ތައްޔާރުކުރަމުންނެވެ. އަދި ޗެލްސީންވަނީ ވާނާގެ އޭޖެންޓާއި މަޝްވަރާތައް ފަށާފައެވެ. މުސާރައިގެ ގޮތުގައި ހަފްތާއަކު 2 ލައްކަ ޕައުންޑް ވާނާއަށްދޭން ޗެލްސީ އޮތީ ތައްޔާރަށެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ކުޅެން ބޭނުންވާކަމަށް ވާނާ ބުނެފައިވުމާއިއެކު ޕްރިމިއަރ ލީގުގެ ކުލަބުތަކުން ވަނީ އޭނާ ހޯދުމަށް ޝައުގުވެރިވާކަން ހާމަކޮށްފައެވެ. މިގޮތުން މެންޗެސްޓާ ޔުނައިޓެޑުންވެސް ވާނާއަށް ބިޑުކުރުން ގާތެވެ.

ވާނާ ގެންދިޔުމުގެ މަސައްކަތް ޗެލްސީން ހަލުވި ކުރިނަމަވެސް އޭނާދިޔުން އެންމެ ގާތީ ލިވަޕޫލްއަށެވެ. ލިވަޕޫލްގެ ޖަރުމަން ކޯޗު ޔާގެން ކްލޮޕްގެ އިރުޝާދުގެ ކުޅުމަށް ވާނާއަށް ޖަރުމަންގެ ކުރީގެ ތަރިން ވަނީ އިރުޝާދުދީފައެވެ.

ވާނާ ބުނީ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕްއާ އެކު މަސައްކަތްކުރަން ބޭނުންވާ ކަމަށާއި ލިވަޕޫލަކީ މި ވަގުތު ދުނިޔޭގެ އެންމެ މޮޅު ޓީމު ކަމަށެވެ.

ވާނާއަކީ މިވަގުތު އެންމެ ފޯމުގައި ހުރި އެއް ފޯވާޑެވެ. ބުންޑަސް ލީގާގައި ކުޅުނު 29 މެޗުގައި 25 ގޯލް ޖަހާފައިވާއިރު، އޭނާގެ އެހީތެރިކަމާއިއެކު ލިއެޕްޒިގް ވަނީ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުންވެސް ޖާގަ ހޯދާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!